ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 23:36
ކުރީގެ ޑީސީޕީ ސައުދީ
ކުރީގެ ޑީސީޕީ ސައުދީ
ޕޮލިސް
ކުރީގެ ޑީސީޕީ ސައުދީ
ކުރީގެ ޑީސީޕީ ސައުދީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!
ސައުދީއަށް މަޤާމު ހަވާލުކުރެއްވި ތާރީހެއް އަދި ސާފެއް ނުވޭ

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއަށް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.

ސައުދީއަށް މަޤާމު ހަވާލުކުރެއްވި ތާރީހެއް އަދި ސާފެއް ނުވެއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައި ދިޔަ ކަންކަމުގެ ތެރޭގައި މަޤާމުން ވަކިކުރެއްވި ފަހުން ސައުދީ މިހާތަނަށް ސަރުކާރުގެ އެއްވެސް މަޤާމަކަށް އައްޔަން ކުރައްވާފައެއް ނުވެއެވެ.

ސައުދީ ފުލުހުންގެ ވަޒީފާއިން ވަކި ކުރެއްވީ ރައީސް ޔާމީން ގުޅުއްވި ވަގުތެއްގައި ފޯނު ނުނެންގެވިގެން ކަމަށް ވެއެވެ.

ކުރީގެ ސީޕީ ހުސެއިން ވަހީދު ވެސް ހުންނެވީ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމެއްގައެވެ. އޭނާއަކީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް