ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 19:32
ފުލުހުންނާއި އެމްއެންޑީއެފްއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ފުލުހުންނާއި އެމްއެންޑީއެފްއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
މަސްތުވާތަކެއްޗާއެކު ބޯޓު އުރުނުއިރު އުލިގަމު ރާޑަރު ހުރީ ހަލާކުވެފައި:އެމްއެންޑީއެފް
ރާޑަރު ހަލާކުވީ ހޮނުއަޅައިގެން
ރާޑަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އިންޑިއާގެ ހިލޭ އެހީގައި އިތުރު 10 ރާޑަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު މަސްތުވާތަކެއްޗާއެކު އީރާނު ބޯޓު އުރުނުއިރު އެއަތޮޅު އުލިގަމުގައި ހުންނަ ރާޑަރު ހުރީ ހޮނު އެޅުމުގެ ސަބަބުން ހަލާކުވެފައިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ސިފައިންނާއި ފުލުހުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރިންސިޕަލް ޑައިރެކްޓާ ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން އުލިގަމުގައި ހުރި ރާޑަރު "ޑައުން" ވެފައިވާ ކަމަށާއި އެރާޑަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ލިބިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުން އެކަން ހަވާލުކޮށްފައިވާ ޓީމު ޖޫން މަހު ރާއްޖެ އަންނާނެ ކަމަށެވެ.

"އުލިގަމުގައި ހުރި ރާޑަރަށް މިވަގުތު މައްސަލައެއް ދިމާވެފައި ހުރީ. ހޮނު އެޅުމުން ރާޑަރު ޑައުންވެފައި ހުރީ. އެހެން ނަމަވެސް ދެން ހުރި ބައެއް އިކުއިކްމަންޓް އޮޕަރޭޓްކުރޭ" ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން  10 ރާޑަރ ޕްރޮޖެކްޓްގެ ސްޓޭޝަންތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އުލިގަމުގެ ރާޑަރު ވެސް އަޕްގްރޭޑް ކުރެވުމުން  އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު މޮނިޓާކޮށް ބެލެހެއްޓުމުގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ރާޑަރ ސިސްޓަމް ގާއިމު ކުރެވުނުކަމުގައި ވިޔަސް އޭގެ މާނައަކީ ފުރޭނިގެން އެއްޗެއް އެތެރެ ނުވާނެއެކޭ ނޫން ކަމަށެވެ. އަދި ގިނަ ރާޑަރުތަކެއް ހުންނަ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ނުފެނި ކަންކަން ހިނގާ ކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 09:21
ސައްޕޭ
އަފުރާސީމު މަރަން ދިއައިރު އެސަރަހައްދުގެ ހުރިހާ ސީސީޓީވީ ކެމަރާތައް ހަލާކުވެފައި ހުރީ، ހުސޭން ސަލާހު މަރާފައި މޫދަށް އެއްލާލިއިރު އެސަރަހައްދުގެ ވެސް ހުރިހާ ސީސީޓީވީ ކެމެރާ ހަލާކުވެފައި، ޑްރަގުބޯޓު އައިއިރު އެސަރަހައްދުގެ ހުރިހާ ރާޑަރތައް ހަލާކުވެފައި، ކީކޭ މިކިޔަނީ، ކޮބާތަ މިމީހުންގެ ޒިއްމާ، ލަދުހަޔާ ކުޑަކަމުން މިކަހަލަ ވާހަކަ ދައްކަނީ ރައްޔިތުން ގުބޯހެއްދޭނެ ކަމަށްހީކޮށްތައް؟
4 ޖޫން 2018 | ހޯމަ 06:23
މަހްމޫދް
ތީކީ ޢާކަމެއްނޫން.