ކ. މާލެ
|
4 ޖޫން 2018 | ހޯމަ 02:08
ބައެއް ކޮންޓެއިނަރުތައް ބޯޓުން ބޭރަށް އެލިފައި
ބައެއް ކޮންޓެއިނަރުތައް ބޯޓުން ބޭރަށް އެލިފައި
އޭބީސީ ނިއުސް
ކަނޑު ދަތުރު ކުރާ ބޯޓް
ކޮންޓެއިނަރު ތަކެއް ވެއްޓި، ނެޕީތައް އެއްގަމަށް!
ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

އޮސްޓްރޭލިއާ ކަނޑުގެ ސަރަހައްދަށް ކޮންޓެއިނަރުތަކެއް ފައިބައިގެން ދިއުމާއި ގުޅިގެން އެ ގައުމު އެލާޓަށް ގެނެސްފިއެވެ.

އޮސްޓްރޭލިއާގެ ކަނޑާއި ބެހޭ ދިރާސާތައް ކުރާ ފަރާތްތަކުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ، ނިއު ސައުތް ވޭލްސްގެ ސަރަހައްދުން ދަތުރުކުރި ބޯޓެއް އަރި އަޅާލުމުގެ ސަބަބުން ވަނީ 83 ކޮންޓެއިނަރު މޫދަށް ފައިބައިގެން ގޮސްފައެވެ. އޭގެ ސަބަބުން ކޮންޓެއިނަރުގައި ހުރި މުދާތައް ވަނީ ސިޑްނީ އިރުމަތީގެ އައްސޭރި ފަށަށް ލައްގަން ފަށާފައެވެ. ކޮންޓެއިނަރުން ލެއްގި ސާމާނު ތަކު ތެރޭގައި ނެޕީއާއި ސާފުތާހިރުވުމަށް ބޭނުން ކުރާ ތަކެތީގެ އިތުރުން ސިއްހީ ދާއިރާގައި ބޭނުން ކުރާ މާސްކް ވެސް ހިމެނެއެވެ.

ކަނޑުގެ ދިރުންތަކަށް މިކަމުގެ ސަބަބުން ލިބިދާނޭ ގެއްލުމާ މެދު ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބޯޓުން ފޭބި ތަކެތި މަސްމަހާމެހީގެ ކާނާގެ ތެރޭގައި ހިމެނިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެ ސަރަހައްދުގައި ބޮޑުމަސްވެސް އުޅެއެވެ.

ތައިވާނުގައި ރަޖިސްޓްރީ ކޮށްފައިވާ އެ ބޯޓްގައި ހުރި ކޮންޓޭނަރުތައް އަރިއަޅާލައިފައި ވަނީ ކަނޑު ގަދަވުމުގެ ސަބަބުންނެވެ. 

މިހާދިސާގައި ބޯޓުގައި ހުރި 30 ކޮންޓެއިނަރަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

ކަނޑަށް ފައިބައިގެން ދިޔަ ކޮންޓެއިނަރުތަކުގެ ސަބަބުން ދަތުރު ކުރާ އެހެން ބޯޓު ފަހަރަށް ނުރައްކާ ވެދާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. "ރޯޑްސް އެންޑް މެރިންޓައިމް ސާވިސް"ގެ އެގްޒެކުޓިވް ޑިރެކްޓަރ އެންގަސް މިޗަލް ވިދާޅުވީ މޫދަށް ފައިބައިގެން ދިޔަ ކޮންޓެއިނަރުތަކުގެ ދިގުމިނުގައި 40 ފޫޓު ހުރި ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސް ފަތިދުވަހުއެވެ. މިހާދިސާގައި މިހާތަނަކަށް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް