ސިވިލް ކޯޓުގެ އަމުރަކާއި ގުޅިގެން އެ ކޯޓަށް ހާޒިރު ކުރުމަށް މ.ވެލިދޫ، މުހައްމަދު ނަޢީމް (64އ) (މޮނާޒާ ނައީމު) ހޯދަން ފުލުހުން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.
ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން މޮނާޒާ ނައީމު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މޮނާޒާ ނައީމު ހޯދަމުންދަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 04 ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ މޮނާޒާ ނައީމާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ފުލުހުން ވަނީ ސިވިލް ކޯޓުގެ އަމުރަކާއި ގުޅިގެން މީގެކުރިންވެސް ދެފަހަރެއްގައި މޮނާޒާ ނައީމު ހޯދަން އިއުލާން ކޮށްފަ އެެވެ. އެއީ މިދިއަ އޭޕްރީލް މަހުގެ ތެރޭގައާއި ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.