ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 16:11
ފްލެޓް ފޯމް ހުށަހެޅުމުގެ ތެރެއިން
ފްލެޓް ފޯމް ހުށަހެޅުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ފްލެޓް ފޯމް ހުށަހެޅުން
ފްލެޓް ފޯމް ހުށަހެޅުން: 5 މިނިޓް ތެރޭގައި ފޯމު ހުށަހަޅާ ނިންމާ ލެވޭނެ: ހައުސިން މިނިސްޓްރީ
ކިއު ބީ އެޕް މެދުވެރިކޮށް ނަމްބަރު ނަގައިގެން ސީދާ ގަޑިއަށް ވަޑައިގެންނެވޭނެ
ފޯމު ދޫކުރުމާއި މައުލޫމާތުވެސް ދެވޭނެ
ޖުލައި 31 ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ

ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް 5 މިނިޓް ތެރޭގައި އެކަން ނިންމާލެވޭނޭ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމުގައި ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން އާދީއްތަ ދުވަހު ފަށާފައިވާއިރު 20 ކައުންޓަރަކުން ދަނީ އެއްފަހަރާ ޚިދުމަތް ދެމުންނެވެ. އަދި ކިއޫގައި މަޑުކުރުން ކުޑަކުރުމަށް އިލެކްޓްރޯނިކް ކިއު ސިސްޓަމް ވަނީ ގާއިމް ކޮށްފައެވެ.

ރާއްޖެ އެމްވީއަށް އިންޓަރވިއު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގެ ކަންކަން ފެށިގެން ދިޔައީ ވެސް ވަރަށް ރަނގަޅަށް ކަމަށާއި ހަމަޖެއްސިފައިވާ އިންތިޒާމްތަކާ އެއްގޮތަށް ދެމުންދިޔަ މެސެޖް ރައްޔިތުން ބަލައިގަތީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.

ފޯމް ބަލައިގަތުން ކުރިއަށް ދަނީ

"ކިއު ބީން ނަމްބަރު ނަންގަވައިގެން ގޭގައި ތިއްބަވާފައި 10 ވަރަކަށް މިނިޓަށް ވީމަ ވަޑައިގެންނެވީމަ އިތުރު ވަގުތުތަކެއް ފާއިތުނުވެ ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި މިއޮތީ. މިދަނީ 20 ކައުންޓަރުން ޚިދުމަތްދެމުން. ގާތްގަނޑަކަށް ފޯމް ބަލައިގަތުމަށް މީހަކަށް ގިނަވެގެން 5 މިނިޓް ވެސް ހޭދަ ނުވާނެ" ނަޒީމް ވިދާޅުވިއެވެ.

ފޯމް ބަލައިގަތުން ކުރިއަށްދަނީ

އާދިއްތަ ދުވަހު ހެނދުނު 10:00  ޖެހިއިރު ފޯމް ބަލައިގަންނަން ފަށާފައިވާއިރު މެންދުރު ފަހު 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ވަނީފޯމް ބަލައިގަތުމަށް ހަމަޖައްސާފައެވެ.

ނަޒީމް ވިދާޅުވީ އަންނަ ޖުލައި މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ ކަންކަން ދަރުބާރުގޭގައި ކުރިއަށް ދާނެ ކަމަށާއި ހުކުރު ދުވަސްނޫން ކޮންމެ ދުވަހަކު ވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ފޯމް ފުރައިދިނުމާއި މައުލޫމާތު ފޯރު ކޮށްދިނުމަށް އެހީތެރިވެދޭނެ ބަޔަކު ވެސް ހަމަޖައްސާފައިވާނޭ ކަމަށް ނަޒީމް ވިދާޅުވިއެވެ.  އަދި ފޯމް ދޫކުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ފޯމް ބަލައިގަތުން ކުރިއަށް ދަނީ

"މިމާލަމުގެ މެދުތެރޭގައި 4 މޭޒެއް ބަހައްޓާފައި ހުންނާނެ. ވަޑައިގެން އަޅުގަނޑުމެންގެ މުވައްޒަފުންނާ ބައްދަލު ކުރީމަ ދެވެން އެންމެ ރަނގަޅަކަށް މައުލޫމާތު ފޯރުކޮށްދެވޭނެ" ނަޒީމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

 

ފޯމް ބަލައިގަތުން ކުރިއަށް ދަނީ

ފްލެޓް ފޯމު ދޫކުރަނީ ހުޅުމާލޭގައި އިމާރާތް ކުރާ ޝޯޝަލް ހައުސިން ޔުނިޓުން ދޫކުރާ 7،000 ފްލެޓަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މިކެޓަގަރީތަކުގެ ތެރެއިން ފޯމު ލެވޭނީ ބޭނުންވާ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.

މި ސްކީމްގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ކަމުގައިވާ ނަމަ އޭގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލަންޖެހެއެވެ. އެހެން ނަމަވެސް 600 އަކަފޫޓަށް ވުރެ ކުޑަކޮށް ގެއެއް ނުވަތަ ފްލެޓެއް ލިބިފައިވާ ކަމުގައިވާ ނަމަ އެމީހަކަށް މި މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
3 ޖޫން 2018 | އާދީއްތަ 08:26
ކާޖާ
ދެ ލޯ ފުޅާ ތިޔައީ ނަމެއްގައި ހުށަހަޅަންޖެހޭ ފޯމެކެވެ. ފުލެޓް ދޭނެ މީހުންގެ ލިސްޓް މިހާރުވަނީ ނިންމާފައެވެ