ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 14:19
ކާރު ޕާކު ކުރާ ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކާރު ޕާކު ކުރާ ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
އޭޑީކޭ ޕާކިންގް
މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމެއް އޭޑީކޭ ގައި ހުޅުވައިފި
19 ކާރުގެ ޖާގަ މެކޭނިކަލް ޕާކިންގ އިން ލިބޭނެ
ހަތަރު ގަޑިއިރަށް ނަގާނީ 50 ރުފިޔާ
300 ސައިކަލު ޕާކް ކުރެވޭ ނިޒާމެއް ގާއިމު ކުރާނެ

އޭޑީކޭ ހޮސްޕިޓަލް ގޯތި ތެރޭގައި ހަދާފައިވާ މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކާރ ޕާކިންގ ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ. އެ ނިޒާމު ބޭނުން ކުރަން ފެށުމުގެ ގޮތުން ވަނީ މުއިއްޒުގެ ކާރުކޮޅު އެ ސިސްޓަމް ގައި ޕާކްކޮށްފައެވެ.

މުއިއްޒު ވިދާޅުވީ މިފަދަ މުހިއްމު ޚިދުމަތެއް ރައްޔިތުންނަށް ފޯރު ކޮށް ދިން ކަމަށްޓަކައި އޭޑީކޭގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މި ޚިދުމަތް ވަރަށް އުފަލާއެކީ ފާހަގަ ކުރާ ކަމަށާއި އެއީ ސަރުކާރުން ފަށައިފައިވާ، މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމުގެ މަޝްރޫގެ ތެރޭގައި އަމިއްލަ ފަރާތަކުން ބައިވެރިވެގެން މިފަދަ މަސައްކަތެއް އޭޑީކޭއިން އިސް ނަގައިގެން ފެއްޓުމުން ކަމަށް ވެސް ވިދާޅުވިއެވެ. މުއިއްޒު ވަނީ އަމިއްލަ ފަރާތްތަކުން ޕާކިންގ ޒޯންތައް އިސްނަގައިގެން މިފަދައިން ހަދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ، ހޮސްޕިޓަލަށް ވަދެ ނިކުމެ ވާ މަގު ކާރު ޕާކާ އެކަށީގެންވާ ގޮތަކަށް ހަދާފައިވާ ކަމަށެވެ. ފަސް ފްލޯގެ ޕާކިން ސިސްޓަމްގައި ހަތަރު ފުރޮޅުލީ 19 ވެހިކަލް އެއްފަހަރާ ޕާކް ކުރެވޭނެ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. އެވެ. ޕާކް ކުރުމުގެ ފީގެ ގޮތުގައި ނަގަނީ ހަތަރު ގަޑިއިރަށް 50 ރުފިޔާ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ ސީދާ އެ ސިސްޓަމަށް ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. ހަތަރު ގަޑިއިރު ހަމަވުމަށް ފަހު، ދެން އެ ސިސްޓަމްގައި ވެހިކަލެއް ޕާކް ކުރަން ބޭނުން ނަމަ ޗާޖް ކުރާނީ ގަޑިއިރަކަށް 60 ރުފިޔާ އެވެ. އަދި ސައުވީސް ގަޑިއިރު ވަންދެން އެ ނިޒާމުގައި ޕާކް ކޮށްފައިވާ ވެހިކަލްތައް އޭޑީކޭއިން ބޭނުން ވެއްޖެ ހާލަތެއްގައި ޓޯ ކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މެކޭނިކަލް ޕާކިން ސިސްޓަމްގައި ވެހިކަލެއް ބާއްވާފައި އޮންނައިރު، ގުދުރަތީ ކަމަކުން ފިޔަވައި ދިމާވާ އެހެން ހާދިސާއެއްގައި އެ ވެހިކަލަކަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުމަށް ވެހިކަލްތައް އިންޝުއާ ކޮށްފައި އޮންނާނެ ކަމުގެ ޔަގީންކަން ވެސް އަފްއާލް ވަނީ ދެއްވާފައެވެ.

އަފްއާލް ވިދާޅުވީ ކާރު ޕާކާއި ޖެހިގެން އޮތް ބިމުގައި އައު އިމާރާތެއް ފަރުމާ ކުރަމުންދާކަމަށާއި އެ އިމާރާތުގެ ދެ ފުލޯ ޚާއްސަ ކުރާނީ ސައިކަލު ޕާކް ކުރުމަށް ކަމަށެވެ. އޭރުން ގާތް ގަޑަކަށް 300 ސައިކަލު އެއްފަހަރާ ޕާކް ކުރެވޭނެ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް