ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 09:05
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
މުހައްމަދު ޝަރުހާން
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ
ފޯމް ހުށަހެޅުމަށް ކިއު ނަންބަރު އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ
ފޯމް ހުށަހެޅުން އޮތީ 10:00 އިން ފެށިގެން
12 ކެޓަގަރީ އަކުން ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުން އާދިއްތަ ދުވަހު ހެނދުނު ފަށާނެ އެވެ،

ހައުސިންގ މިނިސްޓްރީން ބުނީ ހެނދުނު 10:00 އިން ފެށިގެން ފޯމް ހުށަހެޅުން ކުރިއަށްދާނެ ކަމަށެވެ.

ފޯމު ހުށަހެޅުމަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް ހައުސިންގ މިނިސްޓްރިން ބުނެ އެވެ. އެޕްލިކޭޝަން ނަގާނެ ގޮތް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ބަޔާންކޮށްފަ އެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށްވެސް ވަނީ ހުޅުވާލާ އެވެ

މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ފޯމު ބަލައިގަތުން ކުރިއަށްދާނީ ޖޫން 03 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް