ކ. މާލެ
|
4 ޖޫން 2018 | ހޯމަ 02:24
ި ތިރީހާ އިންސްޓިޓިއުޓުގެ ޤުރުއާން މުބާރާތުގެ ގަދަ ތިނެއް
ި ތިރީހާ އިންސްޓިޓިއުޓުގެ ޤުރުއާން މުބާރާތުގެ ގަދަ ތިނެއް
ރާއްޖެއެމްވީ
ތިރީހާގެ ގުރުއާން މުބާރާތް
ތިރީހާގެ ގުރުއާން މުބާރާތުގެ އެއްވަނައަށް ސާރާ އަހްމަދު ސައީދު!
ޖުމްލަ 157 ދަރިވަރުން ބައިވެރިވި

ކީރިތި ޤުރުއާނުގެ ލޯބި ދަރިވަރުންގެ ހިތުގައި އަށަގެންނެވުމަށް އުފެއްދި ތިރީހާ އިންސްޓިޓިއުޓުން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ސާރާ އަހްމަދު ސައީދު ހޯދައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހިރިޔާ ސުކޫލުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ވަނީ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފައެވެ. މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންގެ މެދުގައެވެ. މުބާރާތުގެ އެއްވަނަ ސާރާ ހޯދިއިރު ދެވަނަ ހޯދީ މަރިޔަމް ޔަޢުލާ މުއާޒްއެވެ. މުބާރާތުގެ ތިންވަނަ ހޯދީ އައިޝަތް ޝަބްވާ ފަޔާޒެވެ. މި މުބާރާތުގައި ޖުމްލަ 157 ދަރިވަރުން ބައިވެރިވި ކަމަށް ތިރީހާ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ. 

ތިރީހާ ގުރުއާން ކުލާހުގެ ފައުންޑަރ ޝިއާނާ މުހުސިން ވިދާޅުވީ މިފަދަ އިންސްޓިޓުއުޓެއް އުފެއްދީ ގޭގައި ކުދިންނަށް ނަގައިދެމުންދިޔަ ޤުރުއާން ކްލާސްތައް ފުޅާކުރުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުން ދިޔުމުން ކަމަށެވެ. ހަމައެހެންމެ އެ އިންސްޓިޓިއުޓްގެ މަގްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ޚާއްސަ ލޯތްބެއް އަށަ ގެންނެވުމާއި ގުރުއާނުގެ ފަންނުގައި ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް