ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 16:31
ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަނީ
ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަނީ
ސޯޝަލް މީޑިއާ
ވަކި ޖަމާޢަތް ހެދުން
ސަރުކާރުގެ ވެރިން ވަކި ޖަމާޢަތް ހެދުމުން ފާޑުކިޔުން އަމާޒުވެއްޖެ
ވަކި ޖަމާޢަތް ހެދުމުން ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވަނިކޮށް ސަރުކާރުގެ އިސްވެރިން އެކަން ކުރުމުން ފާޑުކިޔުން އަމާޒުވި

ރައީސް ޔާމީން ބައިވެރިވެވަޑައިގެން، ވަކި ޖަމާޢަތް ހަދައިގެން ސަރުކާރުގެ އިސްވެރިން ނަމާދުކުރައްވާ ފޮޓޯއެއް އާއްމުވުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިމާމުވެ ނަމާދުކުރާތަން ފެންނަ މި ފޮޓޯގައި ރައީސް ޔާމީންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ އިތުރުން ޕީޕީއެމްގެ އިސް ބައެއް ވެރިން ވެސް ފެނެއެވެ. ވަކި ޖަމާޢަތެއް ހަދައިގެން އެބޭފުޅުން ނަމާދުކުރައްވަން ތިއްބެވީ ސީދާ ކޮންތަނެއްގައިކަން ސާފު ނުވިނަމަވެސް، އެތަނުގައި ތަފާތު އެކި ފޮޓޯތަކާއި ސޫރަ ކުރަހާފައިވާ މަންޒަރުތައް ފާރުތަކުން ފެނެއެވެ.

ރައީސް އަބްދުﷲ ޔާމީން ހުކުރަށްވެސް ވަޑައިގަންނަވާތަން އާއްމުކޮށް ނުފެންނަކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އަދި ވަކި ޖަމާޢަތް ހަދައިގެން ސަރުކާރުގެ އިސްވެރިން ނަމާދުކުރައްވާއިރު، ބައެއް މިސްކިތްތަކުގައި ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރާ މީހުންނަށް އަދަބު ދޭކަމަށާއި، ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވާން ޖެހޭނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހަމައެއާއިއެކު ނަމާދަކީ ދެއްކުންތެރިކަމެއް ނޫންކަމަށާއި، ފާޅުގައި މިސްކިތަށް ގޮސް ނަމާދުކުރުމުގެ ބަދަލުގައި، ވަކި ޖަމާޢަތް ހަދައިގެން ނަމާދުކޮށް، އެކަމުގެ ފޮޓޯތައް އާއްމުކޮށްފައިވާތީ ސޯޝަލް މީޑިއާގައި، ޚާއްސަކޮށް ޓްވިޓަރގައި މީހުން ވަނީ ފާޑުކިޔާފައެވެ. 

ދީން ހިމާޔަތްކުރާކަމަށް ސަރުކާރުން ބުނަމުންދާއިރު، ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކޮށް، ދީނީ އިލްމުވެރިންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާޠިލްކޮށް، ދީނަށް ފުރައްސާރަކުރާކަމަށް ބައެއް މީހުން ޚިޔާލުފާޅުކުރަމުން ބުނެފައިވެއެވެ. އަދި ހަމައެއާއިއެކު، ދީނީ އެއްބައިވަންތަކަމުގެ ޤާނޫނު އެންމެންގެ މައްޗަށް ހަމަހަމައަށް ހިނގަން ޖެހޭނެކަމަށާއި، އާއްމު އެހެން ކަންތައްތަކެކޭ އެއްފަދައިން، ދީނީ ކަންކަމުގައިވެސް މިސަރުކާރުން ސަރުކާރުގެ އިސްވެރިންނަށް ވަކި ގޮތްތަކެއް ހަމަޖައްސާކަމަށް ބުނެ، ބައެއް މީހުން ޓްވިޓަރ އަދި ފޭސްބުކްގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި ހަމައެއާއިއެކު، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ތައުބީންގެ ޖަލްސާގައިވެސް ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެފައިނުވާތީ ފާޑުކިޔުންތައް އަމާޒުކޮށް، މިފޮޓޯއަށް މީހުން ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
4 ޖޫން 2018 | ހޯމަ 07:02
ފިރުޓޭ
ބަލަގަ އެ ކިޔަނީ ސަރުކާރުގެ ވެރިންނޭނު! އެހެންވީމަ، ވަކި ޖަމާއަތެއް ނޫން ވަކި ޕާޓީ އެއް ހަދައިގެން ވެސް ކުރެވޭނެ!
3 ޖޫން 2018 | އާދީއްތަ 11:37
ޙަސަން
vaki jamaa-a'iy hadhaigen Hukuru namaadhu noon namaadheh koggen bayakah adhabeh nudhey. Vaki jamaa-a'iy hadhaigen Hukuru kuraathee adhabu dhinee. Roadha ah thibegen ves onnanee dhogu hedhumaai olhuvaalumaa. Ekahala meehakah thabaa vegen ulhey meehun ulheynee ves egothah.
3 ޖޫން 2018 | އާދީއްތަ 03:05
missil kuriakose
ވަގުންތަކުގެޓީމް
3 ޖޫން 2018 | އާދީއްތަ 03:05
missil kuriakose
ޚާއިނުންގެޖަމާޢަތް
2 ޖޫން 2018 | ހޮނިހިރު 23:08
Yameen
That is dharubaaruge.