ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 20:02
ޖަލުގައި މަރުވި އިޝާން (ކ) އަދި އޭނާގެ މަންމަ ސޫދާ: ސަރުކާރަށް ތުހުމަތުތަކެއް ކުރި
ޖަލުގައި މަރުވި އިޝާން (ކ) އަދި އޭނާގެ މަންމަ ސޫދާ: ސަރުކާރަށް ތުހުމަތުތަކެއް ކުރި
ރާއްޖެ އެމްވީ
ގައިދީން މަރުވުން
މަންމަ ބުނީ މަރާލީ ކަމަށް، ސަރުކާރުން ބުނީ ހާޓްއެޓޭކެއް ކަމަށް!
ހަތަރު އަހަރު ތެރޭ ޖަލުގައި 14 މީހަކު މަރުވި
މަހުލޫފު ވިދާޅުވި ގޮތަށް ޖަލުގައި މީހުން ދަނީ މަރަމުން: އާއިލާ
ދޭންޖެހޭ ފަރުވާ ގައިދީއަށް ދީފައިވާނެ: ކަރެކްޝަން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލުގައި ގައިދީއަކު މަރުވީ ނޫން ކަމަށާއި އޭނާ މަރާލީ ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މާފުށީ ޖަލުގައި މަރުވެފައި ވަނީ ގ. ފެހިމާގެ، އަލީ އަބްދުﷲ (އާންމު ނަން: އިޝާން) އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އިޝާން މަރުވީ، ހުކުމުގައި އަށް އަހަރު ތަންފީޒު ކޮށްފައި ވަނިކޮށެވެ.

ހިތުގެ މައްސަލަ އާއި ލޭ މައްޗަށް ދިއުމާއި ނަފްސާނީ މައްސަލަ ވެސް ހުންނަ އިޝާންގެ މަރާ ގުޅޭ ގޮތުން އޭނާގެ މަންމަ ގ. ފެހިމާގެ، ސޫދާ ސައީދު "ރާއްޖެއެމްވީ"އަށް ބުނީ އޭނާގެ ދަރިފުޅު މަރުވީ ނޫން ކަމަށާއި ދޭންޖެހޭ ފަރުވާ ނުދީ މަރާލީ ކަމަށެވެ.

ސޫދާ ބުނި ގޮތުގައި ތިން މަސް ދުވަސް ވަންދެން އޭނާގެ ދަރިފުޅަށް ދޭންޖެހޭ ބޭސް ކަރެކްޝަނުން ނުދޭ ކަމަށާއި ނަފްސާނީ މައްސަލަތަކާ ގުޅޭ ގޮތުން އިޝާނަށް ފަހިކޮށްދޭންޖެހޭ ކަންކަން ކަރެކްޝަނުން އޭނާއަށް ފަހިކޮށްދީފައި ނުވާ ކަމަށެވެ.

ސޫދާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު މަރުވި ޚަބަރު ދިނީ ދަރިފުޅު ބަންދުކޮށްފައި އޮތް ގޮޅީގެ ގައިދީއެއް ކަމަށެވެ. ގޮޅީގައި ސިއްރުން ގެންގުޅޭ ފޯނުން ގުޅާފައި އެ ޚަބަރު ދިނުމުން، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކަން ކަށަވަރު ކުރެވުނީ ދެ ގަޑިއިރުގެ މަސައްކަތުން ކަމަށް ސޫދާ ބުންޏެވެ.

"މަރުވި ޚަބަރު އެންމެ ފުރަތަމަ ދިނީ ގޮޅީގައި އޮތް ގައިދީއަކު. އަޅުގަނޑު ބުނިން ހަމަ ރަނގަޅަށް ވެސް އަލީ އަބްދުﷲ މަރުވީހޭ. ބުނީމަ ބުނީ އޭނަގެ އެއްވެސް ވިންދެއް ވެސް ނެތޭ. ދަތްޕިލަވެސް ޖެހިފައޭ ހުރީ. ދެން އަޅުގަނޑު ކަރެކްޝަނަށް ގުޅީމަ ބިޒީ ކުރަނީ، ބިޒީ ކުރަނީ،" ހަތަރު ފިރިހެން ދަރިންގެ މަންމަ ސޫދާ ބުންޏެވެ.

"މަހުލޫފު ބުނާހެން، ޖަލުތަކުގައި މީހުން މަރުވަނީއެއް ނޫން، މަރަނީ."

އާއިލާގެ ތުހުމަތުތަކާ ގުޅޭ ގޮތުން، ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ އިޝާނަށް ފަރުވާ ދިނުމުގައި ކަރެކްޝަނުން އިހްމާލުވެފައި ނުވާނެ ކަމަށާއި އާއިލާއިން ހަދަނީ ދޮގު ކަމަށެވެ. އިޝާން މަރުވީ ކުއްލި ގޮތަކަށް ކަމަށާއި އޭނާއަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ކަރެކްޝަނުން ފުރިހަމަކޮށްފައިވާ ކަމަށް ލުގުމާން ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ޖަލުގައި 14 މީހަކު ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. އެ މަރުގެތަކުގެ ތަފްސީލެއް ކަރެކްޝަނަލް ސާވިސްއިން ހާމައެއް ނުކުރެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ޖަލުގައި ފަސް މީހަކު މަރުވެފައިވެއެވެ. އޭގެ ކުރީ އަހަރު ހަ މީހަކު ވަނީ މަރުވެފައެވެ. މިއަހަރުގެ މިހާތަނަށް ދެ ގައިދީއަކު ޖަލުގައި މަރުވެފައިވެއެވެ. މިސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ މުއްދަތުގައި ޖަލުގައި މަރުވި މީހުންގެ އަދަދު 14 އަށް ވުރެ އިތުރުވެ، މަރުތައް ގިނަވެގެންދާއިރު، މިނިވަން މުއައްސަސާތަކުން އެކަންކަން ތަހުގީގެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
2 ޖޫން 2018 | ހޮނިހިރު 15:58
އަޖައިބު
ދެން ޖަލުގަ ވެއްޖިއްޔާ މީހުން މަރުވެގެން ނުވޭތަ ކޮންމެ ތަނަކު މީހާ ހުއްޓަސް މަރު މީހާއާއި ބައްދަލު ކުރާނެ މަރަކީ އެއްވެސް އިންސާނަކަށް ހިފެހެއްޓެ އެއްޗެއް ނޫން ކޮންމެ އިންސާނަކުވެސް އެމީހެއްގެ އަޖަލު ހަމަވުމުމް މަރުވާނެކަން ދަންނަންވާނެ