ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 17:29
ލޯކަލް ކައުންސިލް އިންތިޚާބުގައި ޝާހިދު ވޯޓުލައްވަނީ
ލޯކަލް ކައުންސިލް އިންތިޚާބުގައި ޝާހިދު ވޯޓުލައްވަނީ
ރާއްޖެއެމްވީ
ސަސްޕެންޑްކުރުން
ކައުންސިލަރުން ސަސްޕެންޑްކުރަނީ ރައްޔިތުންގެ އަޑު ކަނޑުވަން: ޝާހިދު
ކައުންސިލަރުން ހުވައި ކުރިތާ އެއް އަހަރު މިއަދު ވަނީ ވެފައި

ސަރުކާރުން ކައުންސިލަރުން ސަސްޕެންޑް ކުރަމުން ގެންދަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ މިހާރު ހިނގަމުންދާ 3 ވަނަ ދައުރުގެ ކައުންސިލަރުން ހުވައި ކުރެއްވިތާ އެއް އަހަރު ފުރުމާއި ދިމާކޮށް ކައުންސިލަރުންނަށް މަރުހަބާ ދަންނަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން ކައުންސިލްތަކާއި ކައުންސިލަރުންގެ ބާރު ކަނޑުވާލައި، ސަސްޕެންޑްކޮށް ފިއްތުންތައް ކުރިމަތިކުރަނީ ރައްޔިތުންގެ އަޑު ނާހައި، އަޑު ކަނޑުވާލަން ކަމަށެވެ. އަދި ކައުންސިލަރުންގެ ހިތްވަރަށް ސާބަސް ދެއްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކައުންސިލަރުންނާއި ގުޅޭ ގޮތުން ޝާހިދު ޓްވީޓެއް ކުރެއްވި އިރު، ނިމިގެން ދިޔަ ހަފްތާގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ވަނީ އިހަވަންދޫ ކައުންސިލް އެއްކޮށް 3 މަސްދުވަހަށް 2 ވަނަ ފަހަރަށް ސަސްޕެން ކޮށްފައެވެ. ލޯކަލް ގަވރމަންޓް އޮތޯރިޓީ މެދުވެރިކޮށް ސަރުކާރުން ގެންދަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތައް ތަކުރާރުކޮށް ސަސްޕެންޑް ކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް