ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 17:03
އަމީތު (ކ) އާއިލާގެ ބޭފުޅުންނާއިއެކު
އަމީތު (ކ) އާއިލާގެ ބޭފުޅުންނާއިއެކު
މުހައްމަދު ޝަރުހާން
ޕާސްޕޯޓް ހިފަަހެއްޓުން
ޕާސްޕޯޓް ހިފަހައްޓާފައިވާތީ އަމީތުގެ ކާފަގެ މޫނު ދެކިލަން ނުދެވިފައި!
އަމީތު ވަނީ މެއި މަހުގެ 24 ވަނަ ދުވަހު ކާފަ ކައިރިއަށް ޒިޔާރަތް ކުރުމަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފަ

ރައްޔަތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ކާފަގެ މޫނު ދެކިލަން އޭނާ ސްރީލަންކާއަށް ދިއުމަށް ސަރުކާރުން ފުރުސަތެއް ނުދިނެއެވެ.

އަމީތުގެ ކާފަ ހޮނިހިރު ދުވަހު ސްރީލަންކާގައި ނިޔާވުމުން އެނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ޕާސް ޕޯޓް ހިފަހައްޓާފައިވާތީ، އެނާގެ ކާފަގެ މޫނު ދެކިލަން ސްރީލަންކާއަށް ނުދެވުނު ކަމަށެވެ. އަމީތުގެ މި ޓްވީޓާއި އެކު މެއި މަހުގެ 24 ވަނަ ދުވަހު  ޕާސްޕޯޓް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓްގައި އެދި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އާދަމް އާރިފްއަށް އެޑްރެސްކުރައްވާ ފޮނުވި ސިޓީއާއި އެޓޭޗްކުރައްވާފައިވެއެވެ.

ކާފަ ނިޔާވުމުގެ ކުރިން އަމީތު ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ މިހާރު ކާފައަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށްވާތީ، ކާފަ ކައިރިއަށް ޒިޔާރަތް ކުރުމަށް ޕާސްޕޯޓު ދޫކޮށްދިނުމަށް އެދޭ ކަމަށެވެ. ކާފަގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާއިރު، ޕާސްޕޯޓް ހިފަހައްޓާފައި ވާތީ އެނާއަށް ސްރީލަންކާއަށް ފުރޭގޮތް ނުވެފައިވާ ކަން އޭރު ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް