ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 15:53
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް---
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް---
މުހައްމަދު ޝަރުހާން
ވައްކަން
އަހުމަދިއްޔާއިން ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
މިމައްސަލާގައި ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް
އެމީހާގެ ބައްދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައި
14000 ޑޮލަރުގެ ތެރެއިން 9000 ޑޮލަރު ފުލުހުން ވަނީ ހޯދާފައި

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަހުމަދިއްޔާ އިން ވަގަށް ނެގި ގިނަ އަދަދެއްގެ ޑޮލަރުތަކުން ބައެއް ހޯދައި މީހަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހަކު ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އެމީހާގެ ބައްދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އަހުމަދިއްޔާ އިންޓަރނޭޝަލް ސްކޫލުގެ އޮފީސް ފަޅާލައި އެތަނުން 14000 ޑޮލަރު ވަގަށް ނަގާފައި ވަނީ މިދިޔަ މަހު 22 ވަނަ ދުވަހުއެވެ. އަދި ވަގަށް ނެގި ޑޮލަރުތަކުގެ ތެރެއިން މިހާތަނަށް 9000 ޑޮލަރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމާއެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ޖޫން 2018 | ހޮނިހިރު 15:08
SuvA
Why So many dollars in a school