ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 12:01
ވަގަށް ނަގަން އުޅުނު ކުކުޅާ އެކު ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ވެހިކަލަށް އަރުވާފައި
ވަގަށް ނަގަން އުޅުނު ކުކުޅާ އެކު ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ވެހިކަލަށް އަރުވާފައި
ރާއްޖެ އެމްވީ
ވައްކަން ކުރުން
ދިރޭ ކުކުޅެއް ވަގަށް ނަގަން އުޅުނު މީހަކު ކުކުޅާ އެކު ހައްޔަރުކޮށްފި
ވަގަށް ނެގި ކުކުޅު ވަނީ މަރުވެފައި
ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހެއް
އޭނާގެ ވަނަވަރެއް ހާމައެއް ނުކުރޭ

ކުކުޅެއް ވަގަށް ނަގަން އުޅުނު މީހަކު ކުކުޅާ އެކު އައްޑޫ ސިޓީން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ކުކުޅެއް ވަގަށް ނަގަން އުޅުނު 31 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ވަގަށް ނަގަން އުޅުނު ކުކުޅު މަރުވެފައި

އެ ކުކުޅު ވަގަށް ނެގި މީހާ ހައްޔަރަށް ގެންދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ވެހިކަލަށް އޭނާ އަރުވާފައި ވަނީ ވަގަށް ނަގަން އުޅުނު ކުކުޅާ ވެސް އެކުގައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކުކުޅު އޮތީ ހަރަކާތް ހުއްޓި، މަރުވެފައެވެ.

އެ ކުކުޅު މަރުވީ ވަގަށް ނަގަން އުޅުނު މީހާގެ އަމަލުތަކުން ކަމެއް، ނުވަތަ ހައްޔަރު ކުރުމުގެ ތެރޭގައި ހިނގި ކަމަކުން ކަމެއް ނޭނގެއެވެ.

ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ވެހިކަލަށް އަރުވާފައި
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ޖޫން 2018 | ހޮނިހިރު 10:30
ނަސް
ތީ ހާލެކޭ
2 ޖޫން 2018 | ހޮނިހިރު 10:01
ނަސް
ރަނގަޅައް ލިޔޭ ކުކުޅެއް ވަގައްނަގަން އުޅުނު މީހަކު ހައްޔަރުކުރީ ކުކުޅަކާ އެއްކޮންނޭ ކިޔާފަ ފޮޓޯ ތިއިނީ ފިރިހެން ހާލަކާ އެއްކޮށް އިން ބޮޑު ފިރިހެނެއް
2 ޖޫން 2018 | ހޮނިހިރު 08:05
ކުކުޅު
ކޮބާ ކުކުޅުގެ ހައްްގު
2 ޖޫން 2018 | ހޮނިހިރު 07:39
bad moms
ވަނަވަރު ހާމަ ނުކުރިޔަސް ތި އިނީ ފުލް ވަނަވަރު ފެނަންނު