ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 13:10
ޑރ. އިޔާޒު ނަސީމު (ކ) އަދި މަޝްހޫރު މުސްލިމް ފުޓްބޯޅަ ކުޅުންތެރިޔާ ސަލާހު
ޑރ. އިޔާޒު ނަސީމު (ކ) އަދި މަޝްހޫރު މުސްލިމް ފުޓްބޯޅަ ކުޅުންތެރިޔާ ސަލާހު
ގޫގުލް
މުހައްމަދު ސަލާހު
ސަލާހު ދޫކޮށްލި ރޯދައިގެ ބަހުސް ޑރ. އިޔާޒަށް: ޖަވާބު ވަރަށް ކުރު!
އިޔާޒު ވިދާޅުވީ މެޗެއް ކުޅެން ރޯދަ ދޫނުކުރެވޭނެ ކަމަށް

ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ރޯދަ ދޫކޮށްލި މައްސަލާގައި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ކުރިމަތި ކުރި ސުވާލަކަށް އޭނާ ޖަވާބު ދެއްވައިފިއެވެ.

ދީނީ ކަންކަމުގައި ވައިބާ ގްރޫޕުތައް މެދުވެރިކޮށް ޖަވާބު ދެއްވާ، ޑރ. އިޔާޒަށް މީހަކު ސުވާލުކޮށްފައި ވަނީ މެޗެއް ކުޅުމަށް ސަލާހު ރޯދަ ދޫކޮށްލާފައިވާ ކަމަށާއި އެނގިފައި އޮންނަ ގޮތުން ދިގު ދަތުރެއް ކުރާ މީހަކަށް ރޯދަ ދޫކޮށްލެވިދާނެތީ، އެކަމުގައި އޮތް ގޮތް ސާފުކޮށް ދެއްވުމަށެވެ.

ޑރ. އިޔާޒަށް ކުރި ސުވާލަށް ދެއްވި ޖަވާބު

 

ޖަވާބުގައި ޑރ. އިޔާޒު ވިދާޅުވީ މެޗެއް ކުޅޭށޭ ކިޔާފައި ރޯދަ ދޫކޮށް ނުލެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އުފެދިފައިވާ ބަހުސްގެ ތެރެއިން މަޝްހޫރު ބައެއް އެހެން އިލްމުވެރިން ވެސް ވަނީ ފަތުވާތައް ނެރެފައެވެ. 

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާ ހަމައަށް، ސަލާހު ގެންދިޔައީ ބަރާބަރަށް ރޯދަ ހިފަމުންނެވެ. ނަމަވެސް ފައިނަލް މެޗަށް ސަލާހު ރޯދަ ދޫކޮށްލިކަން، ލިވަޕޫލުން ވެސް ވަނީ ބުނެފައެވެ.

ދީނުގެ ރިވެތި އަހުލާގު ދައްކަމުންދާ ސަލާހު ރޯދަ ދޫކޮށްލުމަށް ފަހު، އޭނާ ކުޅުނު ފައިނަލް މެޗުގައި އަނިޔާވެ، ދަނޑުން ބާލަން ޖެހުނެވެ. ދިހަ އަހަރަށް ފަހު ޗެމްޕިއަންސްލީގުގެ ފައިނަލުގައި ކުޅުނު އެ މެޗުން ލިވަޕޫލް ވަނީ ބަލިވެފައެވެ. އެ މެޗުގައި ސަލާހަށް އަނިޔާވުމާއި އޭނާގެ ކްލަބަށް ނާކާމިޔާބީ ކުރިމަތިވުމާ ބައެއް މީހުން ދަނީ އޭނާގެ ރޯދައާ ގުޅުވަމުންނެވެ.

މިސްރަށް ނިސްބަތްވާ ސަލާހު ޔޫރަޕްގެ އެންމެ މަޝްހޫރު ލީގު، ޕްރިމިއާ ލީގުގައި ދައްކަމުންދާ ކުޅުމާ ގުޅިގެން އޭނާއަށް ދަނީ އެތައް ބައެއްގެ ލޯބި ލިބެމުންނެވެ. މުސްލިމެއްގެ ގޮތުގައި ހުރެ، ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ޖެހުމާއި އުފާފާޅު ކުރުންތަކުގައި ބަނގުރާ ބޭނުންކުރާ ނަމަ، އެކަންކަމުން އޭނާ ދުރުހެލިވާތީ އާއި ދަތުރުކުރާ އިރު މުސްހަފެއް އަތުގައި އޮންނަތަން ފެންނާތީ މުސްލިމުންގެ އެތައް ބައެއްގެ ލޯބި ވެސް އޭނާއަށް ދަނީ ލިބެމުންނެވެ. އަދި ދަތުރުމަތީގައި ވެސް ގުރުއާން ކިޔެވުން ފަދަ ކަންކަން ކުރާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ލިބިގެން ގޮސްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ޖޫން 2018 | އާދީއްތަ 08:55
Ali
AURA NIVAANUKON SUKURUGE SAJIDHA JEHEY NETHA ?