ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 11:10
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒު...
އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒު...
ރާއްޖެއެމްވީ
ފަލަ ސުރުހީ
ރައީސް ޔާމިން ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯ އޮތީ ޑަސްބިނުގައި: ޝިފާޒު
ރައީސް ޔާމިން ވެރިކަމަށް އެރުމަށްޓަކައި އެކުލަވާލި މެނިފެސްޓޯ މިހާރު އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ
ވެރިކަމުގެ ދައުރު ކުޑަތަން ވަމުންދާއިރު އެންމެ ކަމެއް ވެސް މެނިފެސްޓޯގައިވާ ގޮތަށް ތަންފީޒު ކޮށްފައެއްނުވޭ
ރައީސް ޔާމިންއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ލޯބި ލިބިފައިވާ ވެރިއެއް ނޫން
މިހާރު ރައީސް ޔާމިނަށް ހިންގޭނެ ސިޔާސީ ހަރަކާތެއް ނެތް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯ އޮތީ ޑަސްބިނުގައި ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް އެރުމަށްޓަކައި އެކުލަވައިލި މެނިފެސްޓޯ މިހާރު އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، ވެރިކަމުގެ ދައުރު ކުޑަތަން ވަމުންދާއިރު ވެސް އެންމެ ކަމެއް ވެސް މެނިފެސްޓޯގައިވާ ގޮތަށް ތަންފީޒު ކޮށްފައިނުވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ލޯބި ލިބިފައިވާ ވެރިއެއް ނޫން ކަމަށާއި، އެމަނިކުފާނަށް ވެރިކަމަށް އާދެވުނީ ވެސް އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމިންގެ ރައްޔިތުން ވެރިކަން ހަވާލުކުރީ އޭރު ޕީޕީއެމުން އެކުލަވާލާފައިވާ މެނިފެސްޓޯއަށް ބެލުމަށް ފަހު ކަމަށެވެ.

ރޭގަނޑުގެ އަދިރިކަން އެނގޭ ފަދައިން އަދި ދުވާލުގެ އަލިކަން އެނގޭ ފަދައިން ރައީސް ޔާމީނަށް ތާއީދު ކުރާ ރައްޔިތަކު ރާއްޖޭގައި ނޫޅޭނެކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ މިހާރު ރައީސް ޔާމީނަށް ހިންގޭނެ ސިޔާސީ ހަރަކާތެއް ވެސް ނެތް ކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ މެނިފެސްޓޯ ރައްޔިތުންނާ ހަމައަށް ގެންދިޔަ ނަމަވެސް ގަބޫލުކުރާނެ އެކަކު ވެސް ނުހުންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

"ފަސްއަހަރު މިނިމެނީ، އޭނގެ ކުރީގައި ރައްޔިތުންގެ ގެއަށް ގެނެސްދިން މެނިފެސްޓޯ އޮތީ އޮތް ތަނުގައި. ގޭތަކުގެ ޑަސްބިންތަކުގައި. ބައެއް ވާހަކަތަކަކީ ބައެއް ބޭފުޅުން ހަވާލުވި ވާހަކަތަކެއް ވެސް ނޫން. މިހެން ތިއްބެވި ބޭފުޅުންނަށް ދެއްކެން އޮންނާނެ ވާހަކައަކީ ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ވާހަކަ. ހަރަކާތެއް ނެތިފައި ތިބޭ ބަޔަކު ދައްކަންޖެހޭނީ ހަރަކާތްތެރިވާ ބައެއްގެ ވާހަކަ،" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސީ ހަރަކާތް ސުލްހަވެރިކަމާ އެކު ކުރިއަށްދާ ކަމަށާއި ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. ކޯލިޝަން ރޫޅިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ޝިފާޒު ވިދާޅުވީ މިވަގުތު ރާއްޖެ ވެއްޓިފައި މިވާ އަނދަވަޅު ސަލާމަތް ކުރުމަށް ޕާޓީތަކުންނާއި، 4 ލީޑަރުންގެ މަގުސަދު ހާސިލް ނުވާ ގޮތަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ޝިފާޒު ވިދާޅުވީ އެއް ކެންޑިޑޭޓް ނެރުމަށް ފަށާފައިވާ މަސައްކަތްތަކަށް ހުރަހެއް ނެތް ކަމަށާއި، މިހާރު ކުރިއަށް ދަނީ އެއް ކެންޑިޑޭޓެއް ނެރުމަށްޓަކައި ކޮންމެ ޕާޓީއަކުން ވެސް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ޖޫން 2018 | އާދީއްތަ 07:18
Ahamed Ali
ސިފާޒުމެން ޓީ.ވީ އަށް އަރައިގެން ހުސްވާހަކަ ނުދައްކާތިއްބަވާށެވެ، އެހެނީ ތިބޭފުޅުން ދެއްތޯ ވިދާޅުވީ މިފަހަރު ރޯދަ ހިފާނީ ޔާމީނު ވެރިކަމުން ބާލާ ޖަލަށް ލާފަޔޭ...ކެކކެކެކެކެކެ...ހަމަ ކަލޭމެނާހެދި ހީހީ ހަލާކުވެއްޖެ.
2 ޖޫން 2018 | ހޮނިހިރު 06:36
Azee
raees yaameenuge riyaasee menifesto gaihuri kanthaththah 3 aharun nimmaa 4 vana aharugai ithurah ethakkamehkoh menifesto dasbinalaafi mihaarudhanee menifesto gainuhimeney etbah kameh 5 vana aharuvetherey kuramun kithammevarakah olhuvaalan ulhunas hageegatheh noalheyne