ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 11:14
ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސާޖިދު
ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސާޖިދު
ޓްވިޓަރ
ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލްގެ ނާއިބު ރައީސް ސާޖިދު ސަސްޕެންޑް ކޮށްފި
ސާޖިދު ސަސްޕެންޑް ކޮށްފައިވަނީ މެއި 31 ގައި
އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް

މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ބ. ކަމަދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސާޖިދު ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މެއި 31 ގައި ސާޖިދަށް އެކަން އަންގައި ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެރަށު ކައުންސިލްގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިޚާބުކޮށްފައިނުވާ މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތާއި ލިޔެކިއުމަށް ބެލިބެލުމުން ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެމަގާމަށް މެމްބަރަކު އިންތިޚާބު ކޮށްފައި ނުވާތީ ކަމަށެވެ. އަދި ކަމަދޫ ކައުންސިލަށް ރައީސަކު އިންތިޚާބު ކުރުމަށް ދެ ފަހަރެއްގެ މަތިން އެލްޖީއޭ އިން ސާޖިދަށް އެންގި ކަމަށާއި އެހެން ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ސާޖިދު ސަސްޕެންޑު ކުރި ކަމަށް އަންގައި ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ސާޖިދުގެ ސަސްޕެންޝަންގެ މުއްތަދުގެ ތެރޭގައި އޭނާއަށް އެކައުންސިލް ތަމްސީލު ކުރުން މަނާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ. އަދި ކައުންސިލް ހިންގުމާއި ވަގުތީ ގޮތުން މިހާރު ހުންނެވީ ކައުންސިލް މެމްބަރު އަހުމަދު ސާމިރު ކަމަށާއި ހުސްވެފައިވާ ރައީސްގެ މަގާމަށް މިމަހުގެ 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން އިންތިޚާބު ކުރުމަށް ފަހު އެ އޮތޯރިޓީއަށް އެންގުމަށް ވަނީ ބުނެފައެވެ.

ސާޖިދު ވެސް ވަނީ އޭނާގެ ސަސްޕެންޝަނާ ގުޅިގެން އެލްޖީއޭއަށް ސިޓީއެއް ފޮނުވާފައެވެ. އޭނާ އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި ކައުންސިލްގެ އިދާރީ މުއައްޒަފުން ވަނީ އޭނާގެ ޒިންމާތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއަޅާފައި ކަމަށެވެ. އަދި އޭނާއަށް އެކައުންސިލްގެ ޖެމްސްގެ ޚިދުމަތް ނުލިބޭތާ ގާތްގަނޑަކަށް 5 މަސް ދުވަސްވެފައިވާ ކަމަށާއި ބޭނުންކުރާ ސިސްޓަމްތަކަށް ސޮފްޓްވެއާގެ ޚިދުމަތް ނުލިބުމާއި ޑޮކިއުމެންޓް ނުވަތަ ލިޔުންތައް ޕްރިންޓްކުރެވޭނެ ޚިދުމަތް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ކައުންސިލްގެ ބެލެހެއްޓުމުގެ ހިމެނޭ މިފަދަ އެއްވެސް ކަމެއް ސާފުކުރެވޭނެ ގޮތް ނުވެ އޮތުން ވެސް ވަނީ ފާހަގަކޮށްފައެވެ. އެދަތިތައް ފާހަގަކޮށް އެކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުވާފައިވާ ސިޓީތައް ވެސް އޭނާ ވަނީ އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީއާއެކު ފޮނުވާފައެވެ. އަދި އެދަތިތަކަށް ހައްލެއް ލިބުމުން ނޫން ގޮތަކަށް އޭނާއަށް މަސައްކަތް ކުރެވެން ނެތީތީ އެކަމަށް ވެސް އޭނާވަނީ އެލްޖީއޭގެ ކިބައިން މާފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް