ކ. މާލެ
|
1 ޖޫން 2018 | ހުކުރު 17:48
މޮރޮކޯ ފުލުހުން އިމާމު ހައްޔަރު ކޮށްގެން ގެންދަނީ....
މޮރޮކޯ ފުލުހުން އިމާމު ހައްޔަރު ކޮށްގެން ގެންދަނީ....
އަލްއަރަބިއްޔާ
ކުޑަކުދިންނަށް ޖިންސީ ގޯނާ
މިސްކިތުގައި އަންހެން ކުދިން ރޭޕް ކުރަމުން ދިޔަ އިމާމަކު މޮރޮކޯއިން އަތުލައިގެންފި
ހަތް އަންހެން ކުދިން ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ

މޮރޮކޯގެ މިސްކިތެއްގެ އިމާމަކު އެތައް އަހަރެއް ވަންދެން ޅަ އަންހެން ކުދިން ޝިކާރަ ކުރަމުން ދިޔަކަން ފަޅާ އަރައިފިއެވެ.

މި އިމާމް ޖިންސީ ފުރައްސާރަ ކުރަމުން ގެންދިޔަ ކުދިންނަކީ އިމާމުގެ ބެލުމުގެ ދަށުން އެކުދިންނަށް ގުރުއާން ރީތި ކޮށް ކިޔަވަން ދަސް ކޮށްދިނުމަށާއި ގުރުއާން ހިތު ދަސްކޮށްދިނުމަށް ބެލެނިވެރިން މިސްކިތައް ފޮނުވަމުން ދިޔަ ކުދިންނެވެ.

މައްސަލަ ފަޅާ އެރީ އިމާމު ފުރައްސާރަ ކުރި ކުދިންގެ ތެރެއިން ކުއްޖަކު އެ ވާހަކަ ފުލުހުންނަށް ކިޔައި ދިނުމުންނެވެ. މިހާރު އުމުރުން 17 އަހަރުގެ މި އަންހެން ކުއްޖާ ކިޔައިދިން ގޮތުގައި މިސްކިތުގައި އެ އިމާމު އޭނާ އަށް ފުރައްސާރަ ކުރިއިރު އުމުރުން އޭރު ވަނީ 10 އަހަރު ކަމަށެވެ.

މޮރޮކޯގެ ފުލުހުން ވަނީ އިމާމު ހައްޔަރު ކޮށްފައެވެ. މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އުމުރުން 45 އަހަރުގެ އިމާމުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ 7 އަހަރާއި 12 އަހަރާ ދެމެދުގެ ހަތް އަންހެން ކުދިން ރޭޕް ކުރުމެވެ.

މޮރޮކޯގެ ނޫސްތަކުގައި އަދި އަރަބި ދުނިޔޭގެ އެހެން މީޑިއާ ތަކުގައިވެސް ބުނެފައިވަނީ އެތައް އަހަރެއް ވަންދެން އެ އިމާމު ޅަ އަންހެން ކުދިންނަށް ޖިންސީ ފުރައްސާރަ ކުރަމުން ގޮސްފައިވާ ކަމަށެވެ. ކުދިންނަށް ޖިންސީ ގޮތުން ފުރައްސާރަ ކުރުމަށް ގުރުއާން ފިލާވަޅު ނަގައިދޭ ސެޝަންތައް ނިމުމުން، މުދިމަށް އެހީތެރިވެ ދިނުމަށް ބައެއް ކަންކަމަށް ކުދިން ބައިތިއްބައިގެން ކަމަށްވެއެވެ. މި ގޮތުން މިސްކިތް ސާފު ކުރުމަށާއި އިމާމުގެ ކޮޓަރި ރީތި ކުރުމަށް ކަމަށް ބުނެ ކުދިން ބައިތިއްބައިގެން ކުދިންގެ އިއްފަތް ފޭރިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މައްސަލަ ފެންމަތި ވުމާއެކު މޮރޯކޮން އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސް އިން މިދިޔަ ހަފްތާގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަމުގައި އިމާމުގެ މައްޗަށް ގާނޫނު ހުއްދަކުރާ އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ ކަމަށާއި، ތަހުގީގު ހިނގަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ހާމަކުރަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
2 ޖޫން 2018 | ހޮނިހިރު 22:34
ހުރިހާއަންހެނުން
ބަލާއެއްނުން ރޭޕުކުރުމަކީއެހާފަސޭހަކަމެއްބާ، ހުރިހާއަންހެނުން އެތިބެނީ ގާވެފަތަ