ކ. މާލެ
|
1 ޖޫން 2018 | ހުކުރު 17:04
ނާސިރުލް މުލްކް
ނާސިރުލް މުލްކް
އޭއެފްޕީ
ޕާކިސްތާނުގެ އާއްމު އިންތިޚާބު
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު ކަމުގެ ހުވާ ނާސިރުލް މުލްކް ކުރައްވައިފި
ޕާކިސްތާނުގެ އިންތިޚާބު އޮންނާނީ ޖުލައި 25 ގައި

ޖުލައި މަހުގެ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން މިހާރުގެ ގާނޫނު ހަދާ މަޖިލިސް އުވާލުމާ ގުޅިގެން ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެވުނު ނާސިރުލް މުލްކް މަގާމުގެ ހުވާ ހުކުރު ދުވަހު ކުރައްވައިފިއެވެ.

މުލްކް އަށް ހުވާ ލައިދެއްވީ ޕާކިސްތާނުގެ ރައީސް މަމްނޫން ހުސެއިން އެވެ.

ވަގުތީ ބޮޑުވަޒީރު ކަމަށް މުލްކް އައްޔަން ކުރެވުނީ ސަރުކާރާއި އިދިކޮޅު ޕާޓީތަކުވެސް ފުރިހަމަ ތާއީދާ އެކުގައެވެ.

ނާސިރުލް މުލްކް އަކީ ރިޓަޔަރ ކުރައްވާފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އޮންނާނީ ޖުލައި 25 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް