ކ. މާލެ
|
1 ޖޫން 2018 | ހުކުރު 17:29
މިއަދުގެ ސެޓެލައިޓް ފޮޓޯ
މިއަދުގެ ސެޓެލައިޓް ފޮޓޯ
މެޓް އޮފީސް
ރާއްޖޭގެ މޫސުން
އުތުރާއި މެދުރާއްޖެތެރެއަށް އަދިވެސް މޫސުން ގޯސް
ވ. އަތޮޅުން ފެށިގެން އުތުރަށްވަނީ ވައިޓް އެލަރޓް ނެރެފައި
ބޯކޮށް ވާރޭވެހި، ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ
ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުކުރާނެ

އުތުރާއި މެދުރާއްޖެތެރޭގެ މޫސުން ގޯސްވެ އަދިވެސް ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރަމުން އެބަދެއެވެ.

މޫސުން ގޯސްވެ، މެންދުރުފަހު 2:15 އިން ފެށިގެން 8:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރޭވެސް ބައެއް ހިސާބުތަކަށް ވައިޓް އެލަރޓް ނެރުނެވެ. 

މެޓް އޮފީހުން ބުނީ ވ. އަތޮޅުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. 

އުތުރުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. 

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެކެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވެއެވެ.

ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް