ކ. މާލެ
|
1 ޖޫން 2018 | ހުކުރު 20:28
ޕޮމްޕެއޯ(ކ) އަދި ޔޮންގ ޗޮލް ސަލާމް ކުރައްވަނީ
ޕޮމްޕެއޯ(ކ) އަދި ޔޮންގ ޗޮލް ސަލާމް ކުރައްވަނީ
ރޮއިޓަރސް
އުތުރު ކޮރެއާ - އެމެރިކާ
ްްއުތުރު ކޮރެއާގެ އިސް އޮފިޝަލެއް ވައިޓް ހައުސްގައި ޓުރަމްޕްއާ ބައްދަލު ކުރަނީ
އިސް މަންދޫބު އެމެރިކާއަށް ދިއައީ ޗައިނާގެ މަގުން
ޕޮމްޕޯއާ ވަނީ ބައްދަލު ކުރައްވާފައި
ކިމްގެ ސިޓީއެއް ޓުރަމްޕަށް ދިނުމަށް ވަނީ ހަމަޖެހިފައި

އުތުރު ކޮރެއާގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ކިމް ޔޮންގ ޗޮލް ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރަން ނިންމައިފިއެވެ.

ޖެނެރަލް ކިމް އެމެރިކާއަށް ގޮސްފައި ވަނިީ ޗައިނާ މަގުންނެވެ. އެމެރިކާއަށް ގޮސް ފުރަތަމަ ކަމެއްގެ ގޮތުން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާ ވަނީ ބައްދަލު ކުރައްވާފައެވެ. ޕޮމްޕޯއޯއާއެކެ ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ޖެނެރަލް ކިމް ބައިވެރިވެވަޑައި ގެންނެވިއެވެ.

މިއީ ވޭތުވެދިޔަ 20 އަކަށް އަހަރުގެ ތެރޭގައި އެމެރިކާއަށް ޒިޔާރަތްކުރެއްވި އުތުރު ކޮރެއާގެ އެންމެ އިސް ފަރާތެވެ.

އެމެރިކާގެ ރައީސަށް އުތުރު ކޮރެއާގެ ލީޑަރު ފޮނުވި ސިޓީފުޅެއް ވައިޓް ހައުސްގެ ބައްދަލުވުމުގައި ޖެނެރަލް ކިމް ޓްރަމްޕަށް އަރުވަން ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެއީ ކޮން ދުވަހެއްގައި ކަމެއް ބުނެފައެއް ނުވެއެވެ. 

ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އެކު ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލް ކުރެއްވި ކަމަށް އުތުރު ކޮރެއާއަށް ސިޓީ ފޮނުއްވާފައެވެ. ނަމަވެސް ދެ ގައުމުން ވެސް ފަހުން ވަނީ އާ ރޫހަކާ އެކު ބައްދަލުވުން ބޭއްވޭތޯ މަސައްކަތް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް