ކ. މާލެ
|
1 ޖޫން 2018 | ހުކުރު 14:34
އިސްލީމީ މަރުކަޒު...
އިސްލީމީ މަރުކަޒު...
މުހައްމަދު ޝަރުހާން
ހުކުރު ހުތުބާ
ތިމާގެ އަމިއްލަ ނަފުސަށް ނަޞްރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ: ޚުތުބާ
މިއީ މާތްﷲގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ޖިހާދު ކުރުމުގެ މައްސަރު
ތިމާގެ އަމިއްލަ ނަފްސަށް ނަޞްރު ހޯދޭނީ ތިމާގެ ގުނަވަންތަކުގެ މައްޗަށް ބާރުފޯރުވައި, ކިޔަމަން ކޮށްގެން
ބަދުރު ހަނގުރާމަ ކުރެވިގެން ދިޔައީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވީ ދުވަހު

ނަޞްރުގެ މިމަތިވެރި މައްސަރުގައި ތިމާގެ އަމިއްލަ ނަފުސަށް ނަޞްރު ހޯދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކިކަކޮޅުތަކަށް "ނަޞްރުގެ މައްސަރު" މިމައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ރަމަޟާން މަހަކީ ޤުރުއާންގެ މައްސަރު ކަމަށާއި، މާތްﷲގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ޖިހާދު ކުރުމުގެ މައްސަރު ކަމަށެވެ. އަދި ތެދުވެރި މުއުމިނުންނަށް އެ މައްސަރުގައި ގިނަގުނަ ނަޞްރު މާތްﷲ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން މިމާތް މަސްރަހު ތިމާގެ އަމިއްލަ ނަފްސަށް ނަޞްރު ހޯދޭނީ ތިމާގެ ގުނަވަންތަކުގެ މައްޗަށް ބާރުފޯރުވައި, ކިޔަމަން ކޮށްގެން ކަމަށާއި، ބާރުގެ ދަށަށް ގެނެސްގެން ކަމަށެވެ. އަދި ހަށިގަނޑުގެ ކޮންމެ ގުނަވަނަކާ މެދު ސުވާލުކުރެވޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައި ވަނީ "ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާ މެދު ސުވާލުކުރައްވާނެ ކަމެއް ކަމުގައިވިއެވެ."

ހުކުރު ހުތުބާގައި ބުނީ މިމައްސަރުގެ ކާމިޔާބު ފުރިހަމައަށް ހޯދުމަށް މިބަސްފުޅުން ފިލާވަޅު ލިބިގަނެ ހަވާ ނަފްސުގެ ބާރުގެ ދަށަށް ދޫކޮށްނުލައި ހުރިހާ ގުނަވަނެއް ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އެހެންނޫން ނަމަ ބުއްދި ދެއްވާފައިވާ އިންސާނުންނުކޭ ބުއްދި ނެތް އެހެން މަހުލޫގުންނެކޭ ތަފާތެއް ނެތް ކަމަށެވެ.

ރަމަޟާން މަހުގެ މަތިވެރިކަން ސިފަކޮށްދެއްވައި ހުކުރު ޚުތުބާގައި ބުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވީ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނު ކަމަށެވެ. އެދުވަހަށް ކީރިތި ޤުރުއާނުގައި "ޔައުމުލް ފުރުޤާން"ގެ ނަމުން ނަންދެވިފައިވާ ކަމަށެވެ. އަދި އެދުވަހަކީ ހައްގަށް ނަސްރުދިން މީހުންނާއި ބާތިލުގެ އަހުލުވެރިންނާ ދެމެދު ކުރިމަތިލެވުނު ފުރަތަމަ ދުވަސް ކަމަށެވެ.

މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައި ވަނީ "އެކަލާނގެ ހަސްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން ޠޯހިރުކުރެއްވުމަށާއި، ޝައިތާނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތުކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަހީ ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، އިމާންވި މީހުންނަށް ސާބިތުކަން ސާބިތުކަން ދެއްވާށެވެ! ކާފިރުވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ!"

ބަދުރު ހަނގުރާމައިން އެތަކެއް ފިލާވަޅެއް ލިބޭކަން ފާހަގަކުރައްވައި ހުކުރު ޚުތުބާގައި ބުނީ ހަމަހަމަކަމާއި އަދުލުވެރިކަމުގެ ފިލާވަޅު ލިބޭ ކަމަށާއި، ކަންކަމުގައި މަޝްވާރާ ކުރުމުގެ މުހިންމުކަމުގެ ފިލާވަޅު ވެސް ލިބޭ ކަމަށެވެ.

މީގެ އިތުރަށް ހުކުރު ޚުތުބާގައި ބުނީ ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމީ އަގީދާ ހިތުގައި ބިންވަޅު ނެގިއްޖެ ނަމަ އެމީހެއްގެ ކުރިމަތީގައި ކަންތައްތައް ފަސޭހަވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް