ކ. މާލެ
|
1 ޖޫން 2018 | ހުކުރު 10:30
އުލިގަމަށް ލައްގާފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި
އުލިގަމަށް ލައްގާފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި
ރާއްޖެ އެމްވީ
މަސްތުވާތަކެތި
ފަރަށް އެރި ބޯޓުން މަސްތުވާތަކެތި ލައްގަން ފަށައިފި
ބޯޓުގެ ބައެއް ބައިތައް ވެސް ލައްގާފައިވޭ
މިބޯޓަކީ އިރާންގެ ބޯޓެއް ކަމަށް މައުލޫމާތު ލިބޭ
ބޯޓުގައި ތިބީ އަށް މީހުން

 ހއ. އިންނަފިނޮޅު ކައިރިން ފަރަށް އެރި ބޯޓުން އޮޔާދިޔަ މަސްތަވާތަކެތި ކަމަށް ބެލެވޭ އެއްޗިހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް ލައްގަން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އުލިގަމު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ޒިޔާދު ވިދާޅުވީ މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ބުރާސްފަތި ދުވަހުގެ ރޭ އެރަށު ގޮޑުދޮށައް ލައްގާފައިވާ ކަމަށެވެ.

މީގެ އިތުރުން ބޯޓުގެ ބައެއް ބައިތައް ވެސް ލައްގާފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށާއި ފެނުނު ތަކެތި ފުލުހުން މިހާރު ގެންގޮސްފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ ފަރަށް އެރި މިބޯޓަކީ އިރާންގެ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ބޯޓު ފަރަށް އަރާފައި ވަނިކޮށް ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު މަސްވެރި ކަމަށް ނުކުމެ އުޅުނު އެ އަތޮޅު ނަޔަކަށެވެ.

 ބޯޓު ކައިރި އަށް ސިފައިން ދިއުމުން ބޯޓުގައި ރޯކޮށްލުމަށް ފަހު އޭގައި ތިބި މީހުން ކަނޑަށް ފުންމާލައިގެން ވަނީ ފިލަން އުޅެފައެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ތިބީ އަށް މީހުން ކަމަށާއި އެމީހުން މޫދުގައި ތިއްބައި ނަގައި ފުލުހުންނާ ހަވާލުކޮށް ހއ. އިހަވަންދޫ އަށް ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް