ކ. މާލެ
|
1 ޖޫން 2018 | ހުކުރު 10:48
އާކަޑީ ބަންޗެންކޯ
އާކަޑީ ބަންޗެންކޯ
ގެޓީ އިމޭޖަސް
ރަޝިއާގެ ޖާނަލިސްޓް
ރަޝިއާގެ ޖާނަލިސްޓް: މަރުވި ކަމަށް ދެއްކެން ބޭނުން ކުރީ އޫރުގެ ލޭ
ބަބްޗެންކޯ މަރާލި ކަމަށް ދައްކަން ޖެހުނީ ބޮޑު ރޭވުމެއް ފަޅާ އަރުވާލަން ކަމަށް ޔޫކްރެއިނުން ބުނޭ

މަރުވި ކަމަށް ދެއްކެން ބޭނުންކުރީ އޫރުގެ ލޭކަމަށް މިދިޔަ އަންގާރަ ދުވަހު މަރުވި ކަމަށް ރިޕޯޓު ކުރި ރަޝިއާގެ ޖާނަލިސްޓް އާކަޑީ ބަބްޗެންކޯ ބުނެފިއެވެ.

ބަބްޗެންކޯ ހިމެނޭ ގޮތަށް ޔޫކުރެއިންގެ ސަލާމަތީ ބާރުތަކާއެކު ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ މަރުވާ ކަމަށް ހެދެން އޭނާ ކުރި މަސައްކަތް ހިއްސާކޮށްފައެވެ.

ބަބްޗެންކޯ ބުނީ އޭނާ ވަނީ މޭކަޕް އާޓިސްޓަކާ ގުޅިގެން އޭނާ މަރުވި ކަމަށް ދެއްކެން މަސައްކަތް ކޮށްފައި ކަމަށާއި އޭނާގެ ގަޔަށް ޔޫކްރެއިންގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުން ލެއަށް ބޭނުންކޮށްފައި ވަނީ އޫރުގެ ލޭކަމަށެވެ. ވަގުތުން އޭނާ އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެންބިއުލާންސް ތެރޭގައި އޭނާ ހެދުން ބަދަލުކޮށް އޭނާ މަރުވި ޚަބަރު ބަލަން އޮތީ ކަމަށެވެ.

ބަބްޗެންކޯގެ ބުރަކަށްޓަށް ތިން ވަޒަން ޖަހައި އޭނާ މަރާލިކަމުގެ ޚަބަރުތައް ފެތުރި މުޅިދުނިޔޭގެ ސަމާލުކަމަށް މި ޚަބަރު އައެވެ.

އެހެން ނަމަވެސް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫކްރެއިންގެ ސަލާމަތީ ބާރުތަކުގެ ވެރިޔާ ވަސިލީ ރިސިކް ވިދާޅުވީ އެގޮތަށް އެކަންތައްތައް ކުރީ ބަބްޗެންކޯ މަރާލުމަށް ބަޔަކު ރޭވުމުން ކަމަށާއި އެއީ އެރޭވި މީހުން އަތުލައިގަންނަން ހިންގި ކަމެއް ކަމަށެވެ. ބަބްޗެންކޯ މަރާލުމަށް އަގު ކިޔާފައި ވަނީ 40،000 ޑޮލަރު ކަމަށާއި އެމީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވަސިލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފޭކްކޮށް ބަބްޗެންކޯ މަރާލީ ރަޝިޔާ އިން އޭނާ މަރާލަން ރޭވި ރޭވުން ފަޅާ އަރުވާލަން ކަމަށެވެ.

ބަބްޗެންކޯއަކީ ރަޝިއާގެ ރައްޔިތެކެވެ. އޭނާ ރަޝިއާ ދޫކޮށް ޔޫކްރެއިންއަށް ބަދަލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭނާއަށް  2016 ވަނަ އަހަރު އިންޒާރި ލިބެމުންދިޔައީ ރަޝިއާގެ އަސްކަރީ ބޯޓެއް ވެއްޓި ހާދިސާއަކާ ގުޅޭ ގޮތުން ތައްޔާރު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އޭނާ  ޔޫކްރެއިނަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޕްރާގަށް ބަދަލުވެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް