ކ. މާލެ
|
1 ޖޫން 2018 | ހުކުރު 02:33
މޫނު ބުރުގާގެ މައްސަލައަކީ ޔޫރަޕްގައި ވަރަށް ހޫނު ވެފައިވާ މައްސަލައެއް
މޫނު ބުރުގާގެ މައްސަލައަކީ ޔޫރަޕްގައި ވަރަށް ހޫނު ވެފައިވާ މައްސަލައެއް
ޓްވިޓަރ
މޫނު ބުރުގާ އެޅުން
ޑެންމާކުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމުން ނުރުހުން ފާޅު ކުރަނީ
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެކަން ކުށްވެރި ކޮށްފައި

ޑެންމާކުގައި އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ފާސް ކުރުމުން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އެކަމާ ނުރުހުން ފާޅު ކޮށް ފާޑު ކިޔަމުން އެބަދެއެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވަނީ މި ނިންމުމަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ ނިންމުމެއް ކަމަށެވެ.

ޑެންމާކުގައި އާއްމު ތަންތާގައި މޫނު ބުރުގާ އެޅުން މަނާ ކުރީ ބުރާސްފަތި ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނަކުންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އާއްމު ތަނެއްގައި މޫނު ބުރުގާ އަޅައިގެން ހުއްޓާ ފެނިއްޖެ ނަމަ އެފަރާތެއް ފުރަތަމަ ފަހަރު އެއްހާސް ކްރޯނާ (156 ޑޮލަރު) އިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ތަކުރާރު ކުރާނަމަ ޖުރިމަނާގެ އަދަދު ބޮޑު ކުރުމަށްވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ.

މޫނު ބުރުގާ އެޅައިގެން އުޅުން މަނާ ކުރުމުގެ ބިލް ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ އެ ގައުމުގެ ސަރުކާރުންނެވެ. ބިލަށް ސޯޝަލް ޑިމޮކްރަޓުންނާއި ޑެނިޝް ޕީޕަލްސް ޕާޓީން ތާއީދު ކޮށްފައިވެއެވެ.

ބިލް ފާސްކުރަން 75 ވޯޓު ލިބުނު އިރު ނުފެންނަ ކަމަށް 30 ވޯޓު ލިބިފައިވެއެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ގާނޫނު ފާސްކުރުމުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އެމްނެސްޓީން ބުނެފައިވަނީ މިއީ މުސްލިމް އަންހެނުނަށް ޓާގެޓް ކޮށް ވަކި ބައެއްގެ ހައްގުތަކަށް އަރައިގަތުމަށް ފާސްކުރި ގާނޫނެއް ކަމަށެވެ.

އާއްމު ތަންތާގައި މޫނު ބުރުގާ އަޅައިގެން އުޅުން ޔޫރަޕްގެ އެހެން ގައުމުތައް ކަމުގައިވާ ބެލްޖިއަމް އާއި ފަރަންސޭސި ވިލާތުގެ އިތުރުން ޖަރުމަނުގައި ވެސް ވަނީ ގާނޫނީ ގޮތުން މަނާ ކޮށްފައެވެ.

- ކޮމެންޓް
31 މެއި 2018 | ބުރާސްފަތި 21:45
އަލީ
ކޮބާ ޑެންމާކެކޭ ރާއްޖެއެކޭ ހުރި ތަފާތެއް؟