ކ. މާލެ
|
1 ޖޫން 2018 | ހުކުރު 02:42
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން
މުހައްމަދު ޝަރުހާން
ސިވިލް ކޯޓު
ސިވިލް ކޯޓު ރިސެސްއަށް
ސިވިލް ކޯޓު ރިސެސްއަށް ދިޔައީ 10 ދުވަހަށް

ޖޫން މަހުގެ 1 ން ފެށިގެން ސިވިލް ކޯޓް 10 ދުވަހަށް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ގޮތުގެ މަތިން 01 ޖޫން 2018 އިން 10 ޖޫން 2018 އަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.

ސިވިލް ކޯޓުގެ ރިސެސް މުއްދަތުގައި، އާންމުކޮށް މައްސަލަތައް ހިންގުމެއް ނޯންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިސެސްގެ މުއްދަތުގައި އާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަ ބަލައިގަތުމާއި ކޯޓުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތަކެވެ. ރިސެސްގެ މުއްދަތުގައި ވެސް މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޒީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.

ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 ދުވަހެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް