ކ. މާލެ
|
1 ޖޫން 2018 | ހުކުރު 00:06
ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު:- މި ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ވަނީ ކެންސަލްވެފައި
ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު:- މި ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ވަނީ ކެންސަލްވެފައި
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
މައުމޫނާއި ދެ ފަނޑިޔާރުންނަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް
ކޯޓުން ހަމަ ޖައްސާފައި ކުރިން އޮތީ 21.30 ގައި އަޑުއެހުން ބާއްވަން
މި މައްސަލައިގައި ހުރިހާ ދިފާއީ ވަކީލުން ވަނީ ވަކިވެފައި

ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު ބާއްވަން އޮތް އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ 21.30 ގައި ބާއްވަން އޮތް އަޑުއެހުން ކެންސަލްކުރީ ކީއްވެ ކަމެއް ކޯޓުން ނުބުނެ އެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އިބްތިދާއީ އަޑުއެހުން ނިންމައި ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނަގާފަ އެވެ.

މި މައްސަލައިގައި ދިފާއީ ހުރިހާ ވަކީލުން ވަނީ މައްސަލަ ދޫކޮށްލައްވާފަ އެވެ. އެހެން ކަމުން ޝަރީއަތުގެ އަޑުއެހުންތައް ދަނީ ދިފާއީ އެއްވެސް ވަކީލެއް ނެތި އެވެ.    

ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ދަންވަރު 3.29 ހާއިރު، މި ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ތެރެއިން ހައްޔަރުކޮށް ފޯނުދޭން އެދުމުން ވެސް ފޯނުދީފައިނުވާތީ އާއި އަދި ސުޕްރީމް ކޯޓުގެ ހުރިހާ ތަނެއް ބަލާ ފާސްކުރިއިރުވެސް ފޯނު ފެނިފައިނުވާތީ ކަމަށްބުނެ އެވެ. އަދި މި ދެ ފަނޑިޔާރުން ހައްޔަރުކުރީ އެ ބޭފުޅުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް އިތުރު ބަޔަކާ ގުޅިގެން މަސައްކަތްކޮށް ޝަރީއަތުގެ ހުކުމްތައް އެކި މީސްމީހުން ބޭނުންވާ ގޮތަށް ކުރުމަށްޓަކައި އެ މީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒުފޯރުވައި ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެން މަސައްކަތްތައް ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހްމަތު ކުރެވުނު މައްސަލައިގައި ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވެ އެވެ.

ރައީސް މައުމޫނުގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ އެމަނިކުފާނު އެންދެރިމާގެއިން ހައްޔަރުކުރި ވަގުތު ފޯނު ނުދެއްވައިގެންނާއި އެންދެރިމާގެ ބަލާ ފޯސްކޮށްގެންވެސް ފޯނު ފެނިފައިނުވާ ކަމަށްބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް