ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 22:18
ސަސްޕެންޝަނަށްފަހު އިހަވަންދޫ ކައުންސިލްގެ މެމްބަރުން މި މަހުގެ 2 ވަނަ ދުވަހު މަސައްކަތަށް ނިކުތުން
ސަސްޕެންޝަނަށްފަހު އިހަވަންދޫ ކައުންސިލްގެ މެމްބަރުން މި މަހުގެ 2 ވަނަ ދުވަހު މަސައްކަތަށް ނިކުތުން
މުހައްމަދު ފަޒީން
ހއ. އިހަވަންދޫ ކައުންސިލް
އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން އަނެއްކާވެސް ސަސްޕެންޑްކޮށްފި
އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ސަސްޕެންޑްކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް
ސަސްޕެންޑްކޮށްފައިވަނީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކަމަށް ބުނެ
ސަސްޕެންޝަންއަށްފަހު ކައުންސިލަރުން މަސައްކަތަށް ނިކުމެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު

ހއ. އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން އަނެއްކާވެސް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކޮށްފި އެވެ. 

އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ސަސްޕެންޑްކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެ ފަސް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކަމަށް ބުނެ އެވެ. އެ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށެވެ. 

މީގެކުރިންވެސް ހއ. އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުުން ސަސްޕެންޑްކޮށްފައިވެއެވެ. އެގޮތުން މީގެކުރިން އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވަނީ މަސްވެރިން ދުވަހުގެ މުޒާހަރާއާ ގުޅިގެން، ކައުންސިލަރުން ބައިވެރިވެ، ސަރުކާރަށް ދަތި ކުރިކަމަށް ބުނެ ކުރި ތުހުމަތަކާ ގުޅިގެން ނެވެ.

އެ ސަސްޕެންޝަންއަށްފަހު ކައުންސިލަރުން މަސައްކަތަށް ނިކުމެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު އެވެ. އެހެންކަމުން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ، ސަސްޕެންޝަން ނިންމުމަށްފަހު މަސައްކަތަށް ނިކުތްތާ އެއް މަސް ދުވަސް ނުވަނީސް އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް