ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 22:16
އަލީ ވަހީދު (ކ) ޤާސިމް އިބްރާހިމް (ވ) އާއިއެކު ޖަރުމަނުވިލާތުގައި
އަލީ ވަހީދު (ކ) ޤާސިމް އިބްރާހިމް (ވ) އާއިއެކު ޖަރުމަނުވިލާތުގައި
ސޯޝަލް މީޑިއާ
ރިޔާސީ އިންތިޚާބު 2018
ކޯލިޝަން ކެންޑިޑޭޓް ނެރެން ތައްޔާރު: އަލީ ވަޙީދު
މިކަން ނިންމަން ތައްޔާރު
ޤާސިމް އިބްރާހިމް ހުންނެވީ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު އިސްކުރަން ތައްޔާރަށް
ޕާޓީތަކުން އަދިވެސް ބުނަނީ ނެރޭނީ އެއް ކެންޑިޑޭޓްކަމަށް

ކޯލިޝަން ކެންޑިޑޭޓް ނެރެ، "މިކަން ނިންމަން ތައްޔާރު"ކަމަށް ދާދިފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއިއެކު ޖަރުމަނުވިލާތުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާއިއެކު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕާޓީތަކުގެ އާއްމު މެމްބަރުންނާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުންނެވީ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު އިސްކުރަން ތައްޔާރަށް"ކަމަށެވެ. 

އަލީ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލައި، އެޕްރައިމަރީ ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރެއްވުމާއި ވިދިގެންނެވެ. އެމްޑީޕީއިން ވަނީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނެރޭ އެއް ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސުމަށް ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅާނެކަމަށް ބުނެފައެވެ. އަދި ޤާސިމް އިބްރާހީމްވެސް ވަނީ ރިޔާސީ އިންތިޚާބަށް ނެރޭނީ އެއް ކެންޑިޑޭޓްކަމަށް ވިދާޅުވާ ވިދާޅުވުން މިހަފްތާގައި އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް