ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 19:20
ފުލުހުންގެ ހުރަސްއެޅުމާއި އެކުވެސް އެމްޑީޕީއިން ވަނީ އިއްޔެ ޕްރައިމަރީ ބާއްވާފައި
ފުލުހުންގެ ހުރަސްއެޅުމާއި އެކުވެސް އެމްޑީޕީއިން ވަނީ އިއްޔެ ޕްރައިމަރީ ބާއްވާފައި
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ
އިންތިޚާބުގެ ކުރީގެ މަރުހަލާތައް ދާ ގޮތުން ޔޫރަޕް، އެމެރިކާ އަދި ކެނެޑާ ކަންބޮޑޫވެއްޖެ
ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ބަލަމުންދޭ
އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޑިމޮކްރަސީގެ މުހިއްމު އަސާސެއް
ބަޔާން ނެރުނީ އެމްޑީޕީގެ ޕްރައިމަރީއަށް ފުލުހުން ހުރަސްއެޅުމާއި ދިމާކޮށް

ރާއްޖޭގެ ޙާލަތު ދަށްވަމުން ދިޔުމާއި، އިންތިޚާބުގެ ކުރީގެ މަރުހަލާތައް ކުރިއަށްދާ ގޮތުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވިލާތުގެ އިއްތިޙާދާއި، ކެނެޑާ އަދި އެމެރިކާއިން ބުނެފިއެވެ.

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށް ސަރުކާރުން ހުރަސް އަޅައި، ފުލުހުން ނެރެގެން ޕްރައިމަރީ ހުއްޓުވަން އުޅުމާ ދިމާކޮށް ކޮޅުނބުގައި ހުންނަ ވިލާތުގެ އިއްތިޙާދުގެ އޮފީހުން ނެރުނު ބަޔާނުގައި ކެނެޑާ އާއި އެމެރިކާ ވަނީ ބައިވެރިވެފައެވެ. ބަޔާނުގައިވަނީ ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކަންބޮޑުވުންތައް ހުރި ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޑިމޮކްރަސީގެ މުހިއްމު އަސާސެއް ކަމަށާއި، އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމެނޭ ގޮތަށް އަސާސީ ޙައްޤުތަކަށް ސަރުކާރުން އިހްތިރާމްކުރަން ޖެހޭނެ ކަމަށެވެ. 

އަދި މިއަހަރު ބާއްވާ އިންތިޚާބަކީ މިނިވަން، އިންސާފުވެރި، އިތުބާރު ކުރެވޭ އަދި ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނޭ އިންތިޚާބަކަށް ހެދުމަށް ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތަކުން ވަނީ ގޮވާލާފައެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިޚާބު ކައިރިވަމުން އަަންނައިރު، ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ބަަލަމުން ދާނެ ކަމަށެވެ.

ރާއްޖޭގެ ޙާލަތާއިމެދު ކަންބޮޑުވެ ވިލާތުގެ އިއްތިޙާދުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދިވެހި ސަރުކާރާއި، ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދުން ވަނީ ދީފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 މެއި 2018 | ބުރާސްފަތި 14:28
Heyo
Aharemenves varah kanboduvey America eheevegen miyohfadha ramlaan mahu ves falastheenuga ethah meehuneh adhi kuda kudhin thakeh maraathee. Allah ves varah gaathun ballavaane. Aharemenge comment mi noohuga nuves jahaane. But u guys can see this atleast . V salaam