ކ. މާލެ
|
1 ޖޫން 2018 | ހުކުރު 13:23
ފުވައްމުލަކު
ފުވައްމުލަކު
ގޫގުލް
ފުވައްމުލަކު
ފުވައްމުލަކު ސްކޫލް ކުއްޖެއްގެ އަތުގެ ނާރުތައް ބުރިވުމުން، އިތުރު ފަރުވާއަށް މާލެ ގެނެސްފި
ކުއްޖާގެ އެއް އަތުގެ ނުވަ ނާރާއި އަނެން އަތުގެ އެއް ނާރު ވަނީ ބުރިވެފަ
މި ހާދިސާ ހިނގި ވަގުތު އެ ކްލާހުގައި ޓީޗަރެއް ނެތް

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަތުގެ ނާރުތައް ބުރިވި ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދޮރެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްގެނެވެ. މި ހަމަނުޖެހުމުގައި ޒަހަމްވި 13 އަހަރުގެ ފިރިހެން ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުންނެވެ. އެހެންނަމަވެސް  އެ ހޮސްޕިޓަލްގައި ނާރުގެ ހާއްސަ ޑޮކްޓަރެއް ނެތުމުން ޒަހްމްވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް ބުދަ ދުވަހު ވަނީ މާލެ ގެނެސްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ކުއްޖާ (ޒަހަމްވި ކުއްޖާ) ކްލާހުގައި ހުރެފައި ކުނި އަޅަން ޑަސްބިން ކައިރިއަށް ދިޔަ ވަގުތު އެ ކުއްޖާ ކްލާހަށް ވަނަ ނުދޭން އެހެން ހަތަރު ކުދިން މަސައްކަތް ކުރުމުގެ ތެރޭގައެވެ. އެ ކުއްޖާ ކްލާހަށް ވަންނަން މަސައްކަތް ކުރިއިރު، ދެން ތިބި ހަތަރު ކުދިން ތިބީ ދޮރު ކައިރީގައި ލެނބިގެނެވެ. އެ ކުއްޖާ ކްލާހާށް ވަންނަން އެ ވަގުތު މަސައްކަތް ކުރުމުގެ ތެރޭގައި އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުއްޖާގެ އަތަށް ވަދެ ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުވައްމަލަކުން މައުލޫމާތުދިން މީހާ ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އެ ކްލާހުގައި ޓީޗަރަކު ނެތުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ މި ހާދިސާއާއި ގުޅިގެން ހާޒިފު އަހުމަދު ސްކޫލްގެ ބަހެއް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ރާއްޖެއެމްވީއަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ޒަހަމްވި ކުއްޖާގެ އެއް އަތުގެ ނުވަ ނާރާއި އަނެން އަތުގެ އެއް ނާރު ވަނީ ބުރިވެފައެވެ. މިހާރު އެ ކުއްޖާގެ އަތުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް