ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 16:45
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރު ކޮށްގެން ގެންދަނީ
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރު ކޮށްގެން ގެންދަނީ
ރާއްޖެ އެމްވީ
ސަރުކާރު ވައްޓާލަން އުޅުން
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފާއި ކުރީގެ ކޯޑިނޭޓަރަކާއި، ޑެޕިއުޓީ މިނިސްޓަރުގެ އަޑުއެހުން ކެންސަލް ކޮށްފި
ދައުވާ ކުރަނީ ސައިފްގެ ފޯނު ފޮރުވިކަމަށް ބުނެ
ދައުވާއަކީ އަދުލްއިންސާފު ގާއިމުކުރަން ހުރަސްއެޅުން
މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ޕީޖީ އޮފީހުގެ ވަކީލުން އެހެން މައްސަލައެއްގައި އުޅެއްޖެހިގެން

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިންގެ ފޯނު ފޮރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކޮށްފައިވާ ސައިފްގެ ފޯނު ފޮރުވި ކަމަށް ބުނެ ދައުލަތުން ސައިފްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒައިލް ސިޔާމް އަދި ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

އެ މައްސަަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހުގެ 12:30 ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

ސައިފުއާއި ތަޒްމީލް އަދި ޝަޒައިލްގެ އިބްތިދާއީ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މި މައްސަލާގައި ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލުން އެހެން ޝަރީއަތެއްގައި އަވަދި ނެތި އުޅުއްވަން ޖެހިވަޑައިގެންނެވުމާއި ގުޅިގެންނެވެ. 

ސައިފާއި ތަޒްމީލް އަދި ޝަޒައިލަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ތިން މީހުންނެވެ. އެ ތިން މީހުންގެ ތެރެއިން ސައިފް ފިޔަވާ ދެން ތިބި ދެމީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއެކު ދޫކޮށްލާފަ އެވެ. ސައިފާއި އޭނާއާއެކު ހައްޔަރު ކުރި ފުލުހުން މިހާރުތިބީ ގޭބަންދުގަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާސީ ގިނަ ފަރާތްތަތަކާއި ދައުލަތުގެ އިސްވެރިންތަކެއްގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ހައްޔަރުކޮށްފައި ވެއެވެ.

އެގޮތުން އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފްގެ އިތުރުން 8 ފުލުހަކު ހައްޔަރު ކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް