ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 14:33
ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ނަމަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް އެން މެޓިސް
ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ނަމަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް އެން މެޓިސް
ޓައިމްސް އޮފް އިންޑިއާ
އިންޑޯ ޕެސިފިކް ކޮމާންޑް
ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ނަމަށް ބަދަލުކޮށްފި
އިންޑިއާ ވެސް ހިމެނެނީ ގްރޭޓަރ ޕެސިފިކް ރީޖަންގެ ތެރޭގައި
އިންޑިއާ އިން ވަނީ އެމެރިކާއާ އެކު އަސްކަރީ ގުޅުން ބަދަހިކޮށްފައި

އެމެރިކާއަށް އިންޑިއާގެ މުހިއްމުކަން ހާމަކޮށްދިނުމުގެ ގޮތުން، ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ނަމަށް އެމެރިކާ އިން ބުދަ ދުވަހު ބަދަލުކޮށްފިއެވެ.

ގްރޭޓަރ ޕެސފިކް ރީޖަންގައި އެމެރިކާ އިން ހިންގާ އަސްކަރީ ހަރަކާތްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައި އޮންނަ ޔޫއެސް ޕެސިފް ކޮމާންޑްގައި ސިވިލް އަދި އަސްކަރީ މީހުންގެ ގޮތުގައި 375،000 މީހުން މަސައްކަތްކުރެއެވެ. އިންޑިއާ ވެސް ހިމެނެނީ ގްރޭޓަރ ޕެސފިކް ރީޖަންގެ ތެރޭގައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް އެން މެޓިސް ވިދާޅުވީ ޕެސިފިކް އަދި އިންޑިއާ ކަނޑުގައި ތިބި އެމެރިކާގެ އެކުވެރިންނާއި ބައިވެރިން އެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމުގެ ނާޒުކުކަން ސާބިތުކޮށްދީފައި ވާކަމަށެވެ.

"އިންޑިއާ އަދި ޕެސިފިކާ އެކު އޮތް ގުޅުން ވަރުގަދަވާކަން ބަލައިގަތުމުގެ ގޮތުން ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ނަމަށް މިއަދު އަޅުގަނޑުމެން މި ބަދަލު ކުރަނީ،" މެޓިސް ވިދާޅުވިއެވެ.

އިންޑިއާ އާއި އެމެރިކާ އިން 2016 ވަނަ އަހަރު ވަނީ މަރާމާތު ކުރުމާއި ސަޕްލައިކުރުމަށް ދެ ގައުމުން އެއްގަމު އަނެއް ގައުމުގެ ބިމާއި ކަނޑުގެ ސިފައިންގެ ބަނދަރުތައް ބޭނުން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް