ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 10:46
އިންޑޮނޭޝިއާގެ ފެޝަން ޑިޒައިނަރު އަނީސާ ހަސިބުއާން
އިންޑޮނޭޝިއާގެ ފެޝަން ޑިޒައިނަރު އަނީސާ ހަސިބުއާން
ގޫގުލް
މަކަރާއި ހީލަތް
ހުރިހާ މޮޑެލްއިން ލައްވައި ބުރުގާ އަޅުވައިގެން މަޝްހޫރުކަން ހޯދި ފެޝަނ ޑިޒައިނަރު ހިޔާނާތުގެ މައްސަލައެއްގައި ޖަލަށް!
އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ޖުމްލަ 60 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހޯދާފައިވޭ
18 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި

ނިއު ޔޯކް ފެޝަން ވީކްގައި ހުރިހާ މޮޑެލް އިން ލައްވައި ބުރުގާ އަޅުވައިގެން މަޝްހޫރުކަން ހޯދި އިންޑޮނޭޝިއާގެ ފެޝަން ޑިޒައިނަރު އަނީސާ ހަސިބުއާން ޖަލަށް ލުމަށް އިންޑޮނޭޝިއާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އަނީސާ އާއި އޭނާގެ ފިރިމީހާ، އަންދިކާ ސުރާޗްމަން 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނީ އެ ދެމަފިރިންނާ ދެކޮޅަށް ހުށަހަޅާފައިވާ މަކަރާއި ހިޔަނާތުގެ މައްސަލައެއްގެ ޝަރީއަތަށް ފަހުއެވެ.

 

އަނީސާ އާއި އޭނާގެ ފިރިމީހާ އަންދިކާ ސުރާޗްމަން ކޯޓަށް ހާޒިރުކުރަނީ

އެ ދެމަފިރިންގެ މައްޗަށް ސާބިތުވެފައި ވަނީ 'ފަސްޓް ޓްރެވަލް' ގެ ނަމުގައި އެ ދެމަފިރިން ހިންގާ ޓްރެވަލް އޭޖެންސީއަކުން އުމްރާއަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެކެވެ.

 

އަނީސާ: ޖަލަށް ލުމުގެ ކުރިން ފާހަގަކުރެވުނީ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރެއްގެ ގޮތުގައި

އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ ދެމަފިރިން ވަނީ އެކި މީހުންގެ އަތުން އެކި ދުވަސްވަރު ޖުމްލަ 60 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ފައިސާ ހޯދާފައެވެ. މި ދެމަފިރިން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގި ނަމަވެސް، އެއިން އެއްވެސް މީހަކު އުމްރާއަށް ގެންގޮސްދީފައެއް ވެސް ނުވެއެވެ.

 

އަނީސާގެ ބައެއް ފަރުމާތަށް ދައްކާލަނީ

'އިސްލާމީ ފެޝަން' ގެ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަނީސާގެ ޑިޒައިންތައް ނިއުޔޯކުގެ އިތުރުން ލަންޑަނާއި، އިސްތަންބޫލާއި، ކޭންސްގައި ވެސް ވަނީ ދައްކާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 މެއި 2018 | ބުރާސްފަތި 16:50
Aneesa
Aan enme dheenverikamah hedhigen sensitive kamah hedhigen ulhey gina meehun enme nubi nulafaa vaany adi engeyiru