ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 04:15
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
އެމްޑީޕީ ޕްރައިމަރީ 2018
ބޮޑު އަޣުލަބިއްޔަތަކުން ޕްރައިމަރީ ކާމިޔާބުކޮށް ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވައިފި
ރައީސް ނަޝިދު ޕްރައިމަރީ ކާމިޔާބުކުރެއްވީ ވޯޓްލި މީހުންގެ 99.8 އިންސައްތަ ތާއިދާއެކު
މި ޕްރައިމަރީގައި އެ ޕާޓީގެ 44011 މެމްބަރުން ވަނީ ވޯޓް ލާފައި
ރައީސް ނަޝީދު ވެގެންދާނީ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ނެރޭ ކެނޑިޑޭޓަށް

މޯލްޑިވިއަން ޑިމޮކްރެކިޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ، ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައި، އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަށަވަރުކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވަގުތު ހަމަވިއިރު ޕްރައިމަރީގައި ވާދަކުރައްވީ ހަމައެކަނި ރައީސް ނަޝީދުއެވެ. އެހެންކަމުން އެ ޕާޓީއިން ބުދަ ދުވަހު ކުރިޔަށް ގެންދިޔަ ޕްރައިމަރީގައި އެޕާޓީގެ މެމްބަރުންގެ މެދުގައި ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

މި ވޯޓްގައި ބައިވެރިވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 43922 މީހުން ވަނީ ރައީސް ނަޝީދަށް އެޕާޓީގެ ރިޔާސީ ޓިކެޓް ދޭން ފެންނަ ކަމަށް ވޯޓްދީފައެވެ. ޖުމްލަ 14 މީހަކު ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދޭން ނުފެންނަ ކަމަށް ވޯޓް ދިންއިރު 75 މީހުން ވަނީ ބާތިލު ވޯޓް ލާފައެވެ. މި ޕްރައިމަރީގައި އެ ޕާޓީގެ 44011 މެމްބަރުން ވަނީ ވޯޓް ލާފައެވެ. ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބުކުރެއްވީ ވޯޓްލި މީހުންގެ 99.8 އިންސައްތަ ތާއިދާއެކުއެވެ.

މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މި ޕްރައިމަރީގެ ވޯޓްލުން ކުރިޔަށް ގެންދިޔައިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވޯޓްލުމަށް ނުކުމެފައެވެ. އިލެކްޝަންސް ކޮމިޝަނުގެ އެދިލުމަކަށް ފުލުހުން ވަނީ މި ޕްރައިމަރީ ހުއްޓުވުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

މި ކާމިޔާބާއެކު ރައީސް ނަޝީދު ވެގެންދާނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓްގެ މަޤާމަށް އެމްޑީޕީއިން ހުށަހަޅާނެ ކެނޑިޑޭޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
31 މެއި 2018 | ބުރާސްފަތި 08:24
އަވަސް.
ޖަޒީރާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ކޮން ދުވަހަކުބާ؟؟؟؟؟؟
31 މެއި 2018 | ބުރާސްފަތި 06:32
Yayy
Yayy
31 މެއި 2018 | ބުރާސްފަތި 00:54
؟ނަތީޖާ
އެމްޑީޕީ މެންބަރުން ވޯޓް ލާން ކާށިދޫގައި ބެހެއްޓި ކަމަށްބުނާ ފޮށީގެ ނަތީޖާ އިޢުލާން ކޮށްފައިވާއިރު ފޮއްޓަށް ވޯޓް ލީ އަދަދާއި ޖުމްލަ ވޯޓްގެ އަދަދާއި ދިމައެއް ނުވެއެވެ. އާއްމުކޮށްފައިވާ ނަތީޖާ ޝީޓްއިން އެނގޭ ގޮތުގައި މުޙައްމަދު ނަޝީދުއަށް ފެންނަ ކަމަށް 323 މީހުންވަނީ ވޯޓް ލާފައެވެ. ނުފެންނަ ކަމަށް އެއްވެސް މީހަކު ވޯޓް ލާފައި ނުވާއިރު ޞައްޙަ ވޯޓްގެ އަދަދަކީވެސް 323 އެވެ.
31 މެއި 2018 | ބުރާސްފަތި 00:48
ަަައަޅީ
44011 މިއަދުގެ މިއަދުގެ ވޯޓުލުމުގައި ބައިވެރިވެ ވޯޓު ދީފައިވާ ކަމަށް އެމްޑީޕީން ބުނި ނަމަވެސް މި ޢަދަދާއި ގާތްކުރާ ޢަދަދަކަށްވެސް އެ ޕާޓީގެ މެމްބަރުން ތިބި ކަމަށް އިލެކްޝަންސްގެ ދަފްތަރުން ނުދައްކާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގައި ވެސް މިވަގުތު ތިބީ 40،000 މެމްބަރުންނެވެ