ކ. މާލެ
|
30 މެއި 2018 | ބުދަ 23:50
އެމްޑީޕީ ޕްރައިމަރީގެ ވޯޓުުލުން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަނީ
އެމްޑީޕީ ޕްރައިމަރީގެ ވޯޓުުލުން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2018
އެމްޑީޕީގެ ޕްރައިިމަރީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ކާމިޔާބެއް ނުވި!
ވޯޓުލުން ހުއްޓުވުމަށްޓަކައި ކޯޓު އަމުރެެއް ހޯދައިގެން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރި
އެމްޑީޕީން ވަނީ ފުލުހުންގެ ބިރުދެއްކުމަށް ނޫނެކޭ ބުނެ ވޯޓުލުން ކުރިއަށް ގެންގޮސްފައި
ދޮރުން ދޮރަށް ހިނގައިގެން ވެސް ވޯޓުލުން ކުރިއަށް ގެންގޮސްފައިވޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފިއެވެ. 

މުޅި ރާއްޖޭގައިި ކުރިއަށްގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަށްޓަކައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ ސިޔާސީ ޕާޓީއަކަށް ރައްދުވާ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ކޯޓު އަމުރެއް ހޯދުމަށް ފަހު، އެ ކޯޓު އަމުރުގެ ދަށުން ކަމަށް ބުނެ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ބުދަ ދުވަހުގެ 14:50 އިން ފެށިގެން ފުލުހުން ކުރިއަށްގެންދިޔައެވެ. އެގޮތުން ގަދަކަމުން އެމްޑީޕީގެ ހަރުގެތަކާއި، ވޯޓުލާ މަރުކަޒުތަކަށް ފުލުހުން ވަދެ، ވޯޓުލުމަށް ބޭނުންކުރި ފޮށިތަކާއި ކަރުދާސްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ބައެއް ރަށްރަށުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ފުލުހުން ވަނީ ކުދިކުދިކޮށް އިރާލައިފައެވެ. 

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުުމަށް ފުލުހުން މަސައްކަތްކުރަނީ -- ފޮޓޯ: ރާއްޖެެ.އެމްވީ

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވާލުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައި ވަނީ އެމްޑީޕީގެ އާންމު މެމްބަރުންނެވެ. އެގޮތުން ފުލުހުން ވޯޓުލުން ހުއްޓުވަން ފެށުމާއެކު އެހެން ގޮތްގޮޮތުން ވަނީ ވޯޓުލުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ. 

ބައެއް ރަށްރަށުގައި ދޮރުން ދޮރަށް ހިނގައި، ވޯޓުލުން ކުރިއަށްގެންދިޔައިރު، އަނެއް ބައި ރަށްރަށުގައި ވޯޓު ފޮށިތަކުގެ ގޮތުގައި ނުއުފުލޭ އެއްޗެހި ބޭނުންކޮށްފައިވެއެވެ. އަދި ވެރިރަށް މާލޭގައި އެމްޑީޕީގެ ހަރުގެ އާއި އެމްޑީޕީ އޮފީހުން ފުލުހުން ނިކުތުމާ އެކު ވޯޓުލުން ފަށައިގެން ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އާންމުންގެ ގޭގޭގައި ވޯޓުލާ މަރުކަޒުތައް ޤާއިމްކޮށް، އެމްޑީޕީގެ ޓީމްތައް ރުކުރުވާލުމަށް ފަހު ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. 

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދަނީ -- ފޮޓޯ: ޓުވިޓަރ

އެމްޑީޕީ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި ހުރިހާ މުއައްސަސާތައް ގުޅިގެން ފަށާފައި ވަނީ އެއީ ޤާނޫނާ ހިލާފަށް ބާއްވާ ޕްރައިމަރީއެއް ކަމަށް ބުނެއެވެ. އެގޮތުން އެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް ބުނެ ސިވިލް ކޯޓުގެ އަމުރެއް ބަންޑާރަ ނައިބުގެ އޮފީހުން ހޯދާފައިވެއެވެ. 

ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ކޯޓު އަމުރު ރައްދުވާ ފަރާތުގެ ގޮތުގައި އޮތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއެވެ. ނަމަވެސް އެ ނަމުގައި އެއްވެސް ޕާޓީއެއް ރަޖިިސްޓްރީކޮށްފައިނުވާއިރު، ކޯޓު އަމުރުގެ ކޮޕީއެއް އެމްޑީޕީއަށް ލިބިފައިނުވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ ވިދާޅުުވެފައެވެ. އަދި އެޕާޓީގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ވެސް އަދި ރާއްޖޭގެ އެހެން ކޯޓަކުން ވެސް މިހާތަނާ ޖެހެންދެން އަމުރެއް ނެރެފައި ނުވާ ކަމަށާއި ވުޖޫދުގައި ވެސް ނެތް ޕާޓީއެއްގެ ޕްރައިމަރީ ހުއްޓުވުމަށް ކޯޓަކުން ނެރެފައިވާ އަމުރެއް ހިފައިގެން އެމްޑީޕީގެ ވޯޓުލާ މަރުކަޒުތަކަށް ވަދެ ފުލުހުން ހިންގީ ގައިރުގާނޫނީ އަމަލުތަކެއް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 މެއި 2018 | ބުދަ 19:55
އަސަރު ކުރާވަރު ފެނޭތަ؟
އަސަރު ކުރާވަރު ފެނޭތަ؟