ކ. މާލެ
|
30 މެއި 2018 | ބުދަ 21:21
ވާ ތަކެއް: ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން
ވާ ތަކެއް: ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން
އޭއެފްޕީ
ނިޕާ ވައިރަސް
ކަލްކަތާ ސިޓީގައި ނިޕާ ވައިރަސް ޖެހުުމުގެ ސަބަބުން ކަމަށް ބެލެވޭ ކޭސް އެއްގައި ސިފައިންގެ މީހަކު މަރުވެއްޖެ
މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް
މަރުވި ސިފައިންގެ މީހާގެ ސާމްޕަލް ނަގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުން

އިންޑިއާގެ ކެރަލާގައި ނިޕާ ވައިރަަސް ފެތުރި 13 މީހަކު މަރުވެފައިވާއިރު، އިންޑިިއާގެ ވެސްޓް ބެންގޯލް ސްޓޭޓުގެ ކަލްކަތާ ސިޓީގައި ނިޕާ ވައިރަސް ޖެހުުމުގެ ސަބަބުން ކަމަށް ބެލެވޭ ކޭސްއެއްގައި ސިފައިންގެ މީހަކު ހޯމަ ދުވަހު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސީނު ޕްރަސާދް ނަމަކަށް ކިޔާ ސިފައިންގެ މީހާއަކީ ކެރަލާ ސްޓޭޓަށް ނިސްބަތްވާ މީހަކަށް ވާއިރު، އޭނާ މަރުވިއިރު މަސައްކަތް ކުރަމުންދިޔައީ ވެސްޓް ބެންގޯލްގެ ކަލްކަތާ ސިޓީގެ ފޯޓް ވިލިއަމްގައެވެ. ކެރެލާ އަށް މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް އޭނާ ގޮސް އެނބުރި ވެސްޓް ބެންގޯލް އަށް މަސައްކަތް ކުރަން އައިތާ ހަތް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނެވެ. އޭނާ މަރުވީ އާދީއްތަ ދުވަހުއެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާ އިން ކަމަށް ވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތަ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީ ވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.

 


 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް