ކ. މާލެ
|
30 މެއި 2018 | ބުދަ 19:30
އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ
އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ
އަހުމަދު އަނޫޝު
ޣައްޒާ-އިސްރާއީލް
ޣައްޒާ އިން އިސްރާއީލަށް ހަމަލާދެމުން ދާތީ ކަމަށް ބުނެ އދ. ގެ ސެކިޔުރިޓީ ކައުންސިލު ބައްދަލުވުމެއް ބާއްވަނީ
އެމެރިކާ އިން ދަނީ ބައިނަލްއަގްވާމީ ދުނިޔޭގައި އިސްރާއީލް ދިފާއު ކުރަމުން
ނިމިދިޔަ މާރޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު ރައްޔިތުން ކުރާ މުޒާހަރާތަކަށް ހަމަލާދީ އިސްރާއީލު އަސްކަރިއްޔާ އިން ވަނީ 100 އަށް ވުރެގިނަ ރައްޔިތުން މަރާލާފައި

ޣައްޒާ އިން ރޮކެޓާއި މޯޓަރު ހަމަލާތައް އިސްރާއީލަށް ދެމުން ގެންދާތީ ކަމަށްބުނެ އެމެރިކާ އިން އިސްނަގައިގެން އދ. ގެ ސެކިޔުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހު ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ. 

އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ މީޑިއާ އަށް ވިދާޅުވީ "ޣައްޒާ އިން އިސްރާއީލަށް މިފަހުން ދެމުންދާ ހަމަލާތަކަކީ 2014 ވަނައަހަރުން ފެށިގެން ދޭ އެންމެ ބޮޑެތި ހަމަލާތައް ކަމަށާއި، ޣައްޒާ އިން ފަލަސްތީނުގެ ހަނގުރާމަވެރިން ފޮނުވަމުންދާ މޯޓަރު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިންފްރަސްޓަރަކްޗާ އަށް ގެއްލުން ވަމުންދާ ކަމަށެވެ."

ޣައްޒާ އިން އިސްރާއީލަށް ހަމަލާދެމުންދާތީ އދ. ގެ ސެކިޔުރިޓީ ކައުންސިލުން، އެމެރިކާގެ އިސްނެގުމަށް ބައްދަލުވުމެއް ބާއްވަން އުޅޭއިރު، މިމަހު ކުރީކޮޅު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މާޗް 30 ވަނަ ދުވަހުން ފެެށިގެން ފަލަސްތީނު ރައްޔިތުން ގެންދަނީ "ގްރޭޓާރ މާޗް އޮފް ރިޓާރން" ގެ ނަމުގައި ފަލަސްތީނު ރެފިއުޖީންނާއި އަދި އެބައިމީހުންގެ ދަރިން އަނބުރާ އަލުން ފަލަސްތީނުގެ ބިމަށް އާދެވޭނެ ގޮތް ހަދައިދިނުމަށް އެދި މުޒާހަރާތަކެއް ފަށާފައެވެ. މި މުޒާހަރާތަކާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ އަމަލުހިންގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާތީ އިސްރާއީލަށް ވަނީ ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައެވެ. އެމެރިކާ އިން ދަނީ ތަކުރާރުކޮށް އިސްރާއީލާ އެއްކޮޅަށް ވަކާލާތުކޮށް، އިސްރާއީލު ދިފާއުކުރަމުންނެވެ. 

ޣައްޒާ ވަނީ "ހަލާކުވުމުގެ ފައްތަރެއްގައި" ކަމަށާއި އަދި ޣައްޒާގެ ވެރިކަން ކުރާ ހަމާސް އާއި އިސްރާއީލާ ދެމެދު އިތުރު ހަނގުރާމައަކަށް ނުގޮސް ހުއްޓުވުމަކަށް ގެނައުމަށްޓަކައި މިހާރުން މިހާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އދ. އިން މެދުއިރުމަތީގެ ސުލްހައިގެ ކަންކަމަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރު ނިކޮލޭ މްލަޑެނޮވް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ނިކޮލޭ މްލަޑެނޮވް ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާ އިން ފަަލަސްތީނު ކުޑަކުދިން ހިމެނޭގޮތުން 76 ފަލަސްތީން ރައްޔިތުން މަރާލާފައިވާ ކަމަށާއި އަދި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 3000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަަމަށެވެ. ޣައްޒާގެ ވެރިކަން ކުރާ ހަމާސް އިން ބުނާގޮތުން ޣައްޒާ ބޯޑަރުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 102 ރައްޔިތުން މަރާލާފައެވެ. 

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މި މަހު އެގައުމުން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. ފަލަސްތީނު ރައްޔިތުން ދަނީ އެކަމާއި ދެކޮޅު ހަދައި ނުރުހުން ފާޅުކުރަމުންނެވެ.



 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
30 މެއި 2018 | ބުދަ 14:39
Heyo
Ekamaku thiya America ge ehee as ekeenu kaleymenge maaiy anni eulhenee