ކ. މާލެ
|
30 މެއި 2018 | ބުދަ 16:57
އުތުރު ކޮރެއާ އިން މިސައިލެއް ޓެސްޓް ކުރަނީ
އުތުރު ކޮރެއާ އިން މިސައިލެއް ޓެސްޓް ކުރަނީ
ގޫގުލް
އުތުރު ކޮރެއާ މައްސަަލަ
އުތުރު ކޮރެއާ އިން އަވަސް މުސްތަގުބަލެއްގައި ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލާކަށް ނޫޅޭ: ސީއައިއޭ
ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހުއްޓާލުމަށް

އުތުރު ކޮރެއާ އިން އަވަސް މުސްތަގުބަލެއްގައި ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލައި އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލަން ނޫޅޭ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ އެން.ބީ.ސީ ނިއުސްއިން ރިޕޯޓުކުރާ ގޮތުން އުތުރު ކޮރެއާ އިން އަވަސް މުސްތަގުބަލެއްގައި ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލާ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލަން ނޫޅޭ ކަން ހާމަވެގެން ދިޔައީ, އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ އެއްކަމަށްވާ ސީ.އައި.އޭ އިން ހެދި އެސެސްމަންޓަކުންނެވެ. 

ސީ.އައި.އޭގެ ރިޕޯޓު ވިދާޅުވި އެމެރިކާގެ އޮފިޝަލަކު އެން.ބީ.ސީ އަށް ވިދާޅުވީ "އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުުން ކުރަން ހުއްޓާނުލާނެކަން އެއީ އެންމެންނަށް އެނގޭ ހަގީގަތެެއް" ކަމަށެވެ. ސީ.އައި.އޭ އިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ނޫޅޭ ކަމަށް ބުނިއިރު ނިއުކްލިއާ ހަތިޔާރާ ބެހޭ މާހިރުން ވެސް ވިދާޅުވަމުން ގެންދަވަނީ އުުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލަން ނޫޅޭނެ ކަމަށެވެ. 

ސީ.އައި.އޭ އިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް އަވަސް މުސްތަގުބަލެއްގައި ހުއްޓާލަން ނޫޅޭ ކަމަށް ބުނާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަސްފުޅާ ފުށުއަރާ ވާހަކަތަކެކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އަވަސް މުސްތަގުބަލެއްގައި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުމެއް ބާއްވަން ޖޫން މަހު 12 އަށް ޝެޑިއުލް ކުރުމަށް ފަހު އެ ބައްދަލުވުން ބުރާސްފަތި ދުވަހު، ރައީސް ޓްރަމްޕް ވަނީ ކެންސަލް ކުރައްވާފައެވެ. ޖޫން މަހު ބާއްވަން އޮތް އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކޮށް ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން" ކަމަށެވެ. ސިޓީފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވީ ކޮން ވާހަކަފުޅެއް ކަން ހާމައެއް ނުކުރައްވައެވެ.  

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވުން ކެންސަލްވެގެން ދިޔައަސް، އެ ބައްދަލުވުން ހަގީގަތަކަށް ހެދުމަށް އެމެރިކާ އާއި އުތުުރު ކޮރެއާ އިން ދަނީ ޑިޕްލޮމަސީގެ ތެރެއިން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެގައުމުގެ އިސް އޮފިޝަލުން ދަނީ ދެގައުމުގެ ވެރިންގެ މަޝްވަރާތައް ހަގީގަތަކަށް ހެދުމަށް ބައްދަލުވުންތައް ބާއްވަމުންނެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް