ކ. މާލެ
|
30 މެއި 2018 | ބުދަ 16:50
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ހައި ކޯޓް
ދެ ފަނޑިޔާރުން ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަތަކުގެ އަޑުއެހުންތައް ނިމިއްޖެ، ދެން އޮތީ ހުކުމް!
އުއްތަމަ ފަނޑިޔާރުގެ ދެ މައްސަލަ ވަނީ ހުށަހަޅާފައި
ފަނޑިޔާރު އަލީ ހަމީދުގެ އެއް މައްސަލަ ވަނީ ހުށަހަޅާފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ދެ ހުކުމް ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ އަޑުއެހުންތައް ނިމިއްޖެއެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކްމުގެ އިސްތިއުނާފުގެ އެންމެ ފަހު އަޑުއެހުން ބޭއްވީ ބުދަ ދުވަހުގެ ހެނދުނެވެ.  

މި މައްސަލައިގައި ފަނޑިޔާރު އަބްދުﷲ ސައީދުގެ އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް އަންގާރަ ދުވަހު ވަނީ ނިމިފައިއެވެ. އެހެން ނަމަވެސް ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގެ އަށޑުއެހުންތައް ނިމިފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހުއެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށްދާއިރު ކުރިއަށް ގެންދަނީ ދެ މައްސަލައެއްގެ ގޮތުގައެވެ. މި ހުކުމާ ގުޅޭ ގޮތުން ދައުލަތުން ވަނީ އެ ބޭފުޅުންގެ މައްޗަށް އައިސްފައިވާ ޖަލު ހުކުމް ބޮޑު ކަމަށް ވިދާޅުވެ ވާހަކަ ދައްކާފައެވެ. އަދި ދަށު ކޯޓުން މައްސަލަގައި ހުކުމް ކުރީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ނުދީ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

ހައިކޯޓުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް މި މައްސަލައިގައި ކުށް ސާބިތުވެއްޖެ ނަމަ އަންނަން ޖެހޭނީ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މި ކުށުގެ އަދަބެއްގެ ގޮތުން 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ އަސާސީ މިންގަނޑަށް ވުރެ ހަތަރު ދަރަޖަ އިތުރު ކޮށްފައެވެ. ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ދައުލަތުން އެދުނީ އެ ހުކުމަކީ ގާނޫނީ ހަމަތަކާ އެއްގޮތައް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅާދޭށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް