ކ. މާލެ
|
30 މެއި 2018 | ބުދަ 19:21
ގާޒީ ހައިލަމް: ގައުމުގެ މަސްލަހަތަށް ގާޒީ ބައްލަވަން ޖެހޭ ކަމަށް ވިދާޅުވި
ގާޒީ ހައިލަމް: ގައުމުގެ މަސްލަހަތަށް ގާޒީ ބައްލަވަން ޖެހޭ ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ފާރިސް މައުމޫން
ފާރިސްގެ ޝަރީއަތުގައި ގާޒީ ހައިލަމާއި މައުމޫން ހަމީދުގެ ހޫނު ބަހުސެއް
ހެކި ސިއްރު ކުރަން ދާއިމީ އަމުރެއް ނެރުއްވި
ބަހުސް އުފެދުނީ ގާނޫނުގައި ނެތް ކަމެއް ދިމާވުމުން
ފާރިސާ ދެކޮޅަށް ސިއްރު 17 ހެއްކެއް ހުށަހަޅާފައިވޭ

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ގާނޫނީ ވަކީލު މައުމޫން ހަމީދާ ދެމެދު ހޫނު ބަހުސެއް ހިނގައިފިއެވެ.

ގާޒީ ހައިމަލާއި މައުމޫން ހަމީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރީ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމެއް ނެތި ސިއްރުން ހެކިބަސް ނެގުމާ ގުޅޭ، އިސްތިސްނާ ހާލަތްތަކެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާތީ އެކަމާ ގުޅޭ ގޮތުން އުފެދުނު ހިޔާލުތަފާތު ވުމެއްގައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާ ދެއްވައި މައުމޫން ހަމީދު ވިދާޅުވީ ހެކިބަސް ދޭ މީހާ ޝަރީއަތަށް ހާޒިރު ކުރުމެއް ނެތި، އަޑު ބަދަލުކޮށްގެން ސިއްރުން ހެކި ބަސް ނެގޭނީ ވަކި ހާލަތްތަކެއްގައި ކަމަށާއި އެ އިސްތިސްނާ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. ސިއްރުން ހެކި ބަސް ނަގަންޖެހޭ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައި ނެތީސް، ކޯޓުން ވަކި ގޮތްތަކެއް ކަނޑައަޅައިގެން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އޭނާ ދެއްކެވި ވާހަކަތަކަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވެސް އެއްބަސްވެވަޑައިގެންނެވިއެވެ. 

ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ ޝަރީއަތަށް ހާޒިރުނުކޮށް، ސިއްރުން ހެކިބަސް ނަގަންޖެހޭ އިސްތިސްނާ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި ނެތް ކަން ދައުލަތަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިހާތަނަށް އަމަލު ކުރަމުންދަނީ ކްރިމިނަލް ކޯޓުން އެކަމުގައި އެ ވަގުތަކު ނިންމާ ގޮތަކަށް ކަމަށް ނައުޝާދު ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވިދާޅުވީ ގާނޫނެއްގައި ވަކި ކަމެއް، ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި ޖިނާއީ އަދުލުގެ ނިޒާމު ކުރިއަށް ގެންދިއުމަށްޓަކައި ވަކި ގޮތެއް ކޯޓުން ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަކީ ދުސްތޫރީ އަދި ގާނޫނީ ގޮތުން ކޯޓަށް ލިބިގެންވާ އިހްތިޔާރެއް ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުއްޓުމެއް ނެތި ޖިނާއީ އަދުލުގެ ނިޒާމު ކުރިއަށް ގެންދިއުމަކީ ފަނޑިޔާރުންނަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

ހައިލަމަށް ރައްދު ދެއްވައި މައުމޫން ހަމީދު ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައިގެ ބޭރުން ވަކި ކަންތައްތަކަށް ރިޔާއަތްކޮށްގެން ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

މައުމުން ހަމީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ގާޒީ ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބަންދުން ވީއްލި، މުޖުތަމައުއަށް ނުރައްކާވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ގާޒީ ކަމަށާއި އެހެންކަމުން ޝަރީއަތް ކުރުމުގައި ގާޒީން ގައުމުގެ މަސްލަހަތަށް އިސްކަން ދޭންޖެހޭނެ ކަމަށެވެ.

ފާރިސް މައްސަލާގައި ދައުލަތުން އެދުނު ގޮތަށް މައްސަލައާ ގުޅޭ ހެކިތަކެއް ސިއްރު ކުރުމަށް ދާއިމީ އަމުރެއް ކްރިމިނަލް ކޯޓުން ވަނީ ނެރެފައެވެ. ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި 17 ހެއްކަކާއި ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި އިންޓަލިޖެންސް ރިޕޯޓާއެކު ތިން ރިޕޯޓެއް ސިއްރު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 މެއި 2018 | ބުރާސްފަތި 03:56
ސަނީ
ތިދެން ކޮނބައެއްތަ އެބައުޅޭ އެބައުޅޭ ފަނޑިޔާރުންނަ އެނގޭނީ ހަމައެކަނި ފުލެޓްލިބޭނެގޮތާ މަގާމު މަތިވާނެގޮތް