އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް އެދި ސިވިލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ނެރެފައިވާ ކަމަށެވެ.
ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭ ގޮތަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން އެކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އީސީން ހުށަހެޅީ ގ. ކެނެރީގެ، މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.
މިކަމާ ގުޅިގެން ސިވިލް ކޯޓުން ވަނީ ޕްރައިމަރީއެއް ނުބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްފައެވެ. ޕްރައިމަރީ ބާއްވާ ނަމަ އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ އިދާރާތަކަށް އަންގާ ކަމަށް ވަނީ އަންގާފައެވެ.
މި އަމުރަށް ފަހު ވެސް ވޯޓުލުން ކުރިއަށްދާތީ ފުލުހުން ގެންދަނީ ވޯޓުލާ މަރުކަޒުތަކަށް ވަދެ ވޯޓު ފޮށިތަކާއި ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. މިޕްރައިމަރީގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި އެކި ރަށްތަކާއި ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވަނީ ބަހައްޓާފައެވެ.