ކ. މާލެ
|
30 މެއި 2018 | ބުދަ 15:26
ރާއްޖެ ޓީވީއަށް އައި ފުލުހުން
ރާއްޖެ ޓީވީއަށް އައި ފުލުހުން
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ރާއްޖެޓީވީއަށް ފުލުހުން އައިސް، ރައީސް ނަޝީދުގެ ކޮންޓެންޓް ނުދައްކަން އަންގައިފި
ފުލުހުން ބުނީ ޕެރޯލްގެ ޤާނޫނުގެ ދަށުން އަންގާ އެންގުމެއްކަމަށް
ޤާނޫނުގެ ކޮން މާއްދާއަކުން ބާރު ލިބިގެންކަމެއް ނުބުނޭ
ޕެރޯލްގެ ޤާނޫނުގައި ބްރޯޑްކާސްޓަރުން ޒިންމާވާން ޖެހޭ މާއްދާއެއް ނޯވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮންޓެންޓް ރާއްޖެ ޓީވީއިން ނުދެއްކުމަށް ފުލުހުން އަންގައިފިއެވެ.

ރާއްޖެޓީވީ ހިންގާ އިމާރާތަށް މެންދުރުފަހު 3:00 ހާއިރު އާދައިގެ ހެދުމުގައި ތިބި 3 ފުލުހުން އައިސް، ރައީސް ނަޝީދުގެ ކޮންޓެންޓް ނުދެއްކުމަށް އެންގިއެވެ. އެއީ ކޮން ޤާނޫނަކުން ބާރުލިބިގެން އެންގި އެންގުމެއްތޯ އެހުމުން ފުލުހުން ބުނީ ޕެރޯލްގެ ޤާނޫނުގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ޤާނޫނުގެ ކޮން މާއްދާއަކާ ހަވާލާދެއްވަނީތޯ އެހުމުން ފުލުހުންނަށް އެސުވާލަށް ޖަވާބު ދެވިފައެއް ނުވެއެވެ.

ފުލުހުން ރާއްޖެ ޓީވީގައި

ޕެރޯލްގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން ޒިންމާވާން ޖެހޭ އެއްވެސް މާއްދާއެއް ނޯންނާނެއެވެ. 

ރާއްޖެ ޓީވީގެ ސުވާލުތަކަށް ޖަވާބު ނުދެވުމުން ފުލުހުން ވަނީ މިއީ އިލްތިމާސެއް ކަމަށް ބުނެ ގޮސްފައެވެ. ފުލުހުން އައީ އެއްވެސް ކޯޓެއް އަމުރެއް ނެތިއެވެ.

ފުލުހުން އައުމުގެ ކުރިން ރާއްޖެޓީވީގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް ސޮފްވާން ވަނީ ރާއްޖެޓީވީގެ ލައިވް ކަވަރޭޖް ހުއްޓާލަން އަންގައި، ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާގެ ފޯނަށް މެސެޖެއް ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 މެއި 2018 | ބުދަ 11:44
ހާތިމް
ހާދަބިރެކޭދޯ މިގަންނަނީ ޔާމީނާ ފާތުމަ އާ ދެން ތިމަރަ ސަރީފު ބުނަންވީނު 2018 ގެ އިންތިޚާބެއް މިހާރު ނޯންނާނެ އޭ ޔާމީނު މަރުވަންދެން ހުންނާނީ ޔާމީނޭ އެއަށްފަހު ދަކައިތު ފާތުމަ ދުނިޔޭގައި ހުރެއްޖިއްޔާ އެ ދައިތަ އޭ ހުންނާނީ އެނިމުނީނު ކޮންސަލަރާތެއްތިޖަހަނީ
30 މެއި 2018 | ބުދަ 10:41
އައިމިނާ
ރާއްޖެ ޓީވީ މީހުންވެސް މިހާރު ފާޑަކަށް މިއުޅެނީ މީރުމީރު ޕޮރޮގްރާމަށްވެސް މިއަރުވަނީ ޕީޕީއެމްގެ މީހެއް މީނަގެ ކޮއްކޮ މެޑަމްގެ ހެދުންފަހައިދީބުރުގާއަޅުވަދެނީވެސް