ކ. މާލެ
|
30 މެއި 2018 | ބުދަ 15:07
ގދ ތިނަދޫގައި އެމްޑީޕީގެ ޕްރައިމަރީ ކުރިޔަށްގެންދަނީ
ގދ ތިނަދޫގައި އެމްޑީޕީގެ ޕްރައިމަރީ ކުރިޔަށްގެންދަނީ
ސޯޝަލް މީޑިއާ
އެމްޑީޕީގެ ޕްރައިމަރީ
ޕްރައިމަރީ ހުއްޓުވާތީ ޓްރާންސްޕޭރެންސީ ކަންބޮޑުވެއްޖެ
ޕްރައިމަރީ ހުއްޓުވަން ކޯޓަށްވަނީ ހުށަހަޅާފައި

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާކަމަށް ބުނެ، ރައީސް ނަޝީދު ބައިވެރިވާ ޕްރައިމަރީއެއް ބާއްވައިގެން ނުވާނެކަމަށް ބުނެ، އިންތިޚާބު ހުއްޓުވަން ސަރުކާރުން މަސައްކަތްކުރަމުން ދަނިކޮށެވެ. 

ރިޔާސީ އިންތިހާބުގެ ޕްރައިމަރީތަކުގައި ވާދަކުރާ އަދި ޕާޓީގެ ޓިކެޓްލިބިފައިވާ ބައެއް ފަރާތްތަކަކީ އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމެއްގެ ސަބަބުން ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަނުވާ ފަރާތްތައް ނަމަވެސް މީގެ ބައެއް ފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް ހިންގުނު ޝަރީއަތްތަކާމެދު ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އާއި އޮފީސް އޮފް ހައިކޮމިޝަނަރ އޮފްހިއުމަން ރައިޓްސް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ސުވާލު އުފައްދާފައިވާ ޝަރީއަތްތަކެއްކަން ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އާއި އޮފީސް އޮފް ހައިކޮމިޝަނަރ އޮފް ހިއުމަން ރައިޓްސްއިން އެ ކެނޑިޑޭޓެއް މައްސަލައިގައި ގޮތެއްނިންމާފައިވާ ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.  

"އެހެންކަމުން ގައުމީ މަސްލަހަތު ދެމެހެއްޓުމަށްޓަކައި، ޝައްކު އުފެދޭފަދަ މަރުހަލާތަކެއްގެ ތެރެއިން އިއްވާފައިވާ ހުކުމްތަކަށް އަވަސް ހައްލެއް ހޯދައި، ހުރިހާ ސިޔާސީ ޕާޓީތަކަކަށް ހަމަހަމަކަމާއިއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމުކުރުމަށް މިޖަމިއްޔާއިން ގޮވާލަން" ކަމަށް  އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

ވަކިބަޔެއްގެ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ހެދޭ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބައުވުމުގެ ބަދަލުގައި ގާނޫނީ ވެރިކަން ނުވަތަ ރޫލް އޮފް ލޯ ދެމެހެއްޓުމަށް ދައުލަތުގެ މުއައްސަސާތަކަށް ޓްރާންސްޕޭރެންސީންވަނީ ގޮވާލާފައެވެ.

ރިޔާސީ އިންތިހާބުގެ ބޭނުމަކީ ރައްޔިތުންގެ އިހުތިޔާރު ކަޑައެޅުން ކަމަށްވީހިނދު، ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް ރައްޔިތުންގެ އިހުތިޔާރަށް ހުރަސް ނޭޅޭ ގޮތަށް ބައްޓަން ކުރުމަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް