ކ. މާލެ
|
30 މެއި 2018 | ބުދަ 14:36
ވޯޓުލުން ކުރިއަށް ދަނީ...
ވޯޓުލުން ކުރިއަށް ދަނީ...
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓުލުން މިރޭ 12 ޖަހަންދެން ކުރިއަށް ގެންދާނެ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ އިދާރާގައި ވަނީ އެދިފައި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ހުއްޓުވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިންޒާރުދީފައި ވަނިކޮށް ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، ޕްރައިމަރީގައި ވޯޓުލުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ 2 ޖެހިއިރު ކިއު ހަދާފައެވެ.

ވޯޓުލުން އަތޮޅު ތެރޭގެ ރަށްތަކާއި، މާލޭގައި ކުރިއަށްދާއިރު ލަންކާގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށް ވެސް ވޯޓުލުން ކުރިއަށް ގެންދެއެވެ. އަދި މިރޭ ބާރަ ޖެހުމާ ހަމައަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށިތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބެހެއްޓިފައިވާ ކަމަށެވެ. 

ޕްރައިމަރީގައި ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަންތަނުގެ ތަފްޞީލް އެޕާޓީގެ ވެބްސައިޓްwww.mdp.org.mv އިން ލިބޭނެ ކަމަށް އެމްޑީޕީއިން ބުނެއެވެ. ގިނަ ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީގެ ޖަގަހަތަކާއި ހަރުގެތަކުގައެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ އިދާރާގައި ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް