ކ. މާލެ
|
30 މެއި 2018 | ބުދަ 13:04
ޖަޒީރާ ރައީސް ކެމްޕޭން
ޖަޒީރާ ރައީސް ކެމްޕޭން
މުހައްމަދު ޝަރުހާން
ޖަޒީރާ ރައީސް ކެމްޕެއިން
އެމްޑީޕީ ޕްރައިމަރީ ހުއްޓުވައިދޭން އީސީން ފުލުހުންގެ ކިބައިން އެދެފި
ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ ކިބައިން އެދުން
ވޯޓުލުން ބުދަ ދުވަހު މެންދުރު ފަހު ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައި

ބުދަ ދުވަހު މެނދުރު ފަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ ކިބައިން އެދެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ  ވޯޓު ލުން ހުއްޓުވުމަށް އީސީން ފުލުހުންނަށް އަންގާފައިވަނީ މީގެ ކުރިން  އީސީން ސިޔާސީ ޕާޓީ ތަކަށް  ފޮނުވައިފައިވާ ސިޓީ އަށް ރިއާޔަތްކޮށް ކަމަށެވެ.

އެމްޑީޕީ އިން  ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބުދަ މެންދުރު ފަހު 2:00 އިން ފެށިގެން، ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު، އެމްޑީޕީގެ ހެންވޭރު ދާއިރާތަކުގެ މެމްބަރުން ވޯޓުލާން ދާން ޖެހޭނީ ހ. މާދިލްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ. ގަލޮޅު ދާއިރާތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުން ކ. ކަކާގެއާގެ 1 ގައި ވޯޓުލާން ހަމަޖެހިފައިވާއިރު، މައްޗަންގޮޅީގެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮށީގެ ގޯޅީގައި ހުންނަ މއ. މާވޭލެވަރުގައެވެ.

މާފަންނު މެދު އަދި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ދާން ޖެހެނީ ޖަޒުބާތު ޖަގަހައަށެވެ. އަދި މާފަންނު އުތުރާއި ހުޅަނގު ދާއިރާގެ މެމްބަރުން ދާން ޖެހެނީ ފަރީދީމަގުގައި ހުންނަ އާކް-އެކްސް ކެފޭއަށެވެ. ވިލިމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ޖެހޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައެވެ. އަދި ހުޅުމާލޭގައި ރަޖިސްޓްރީ ވެފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާން ޖެހެނީ ވޯޓަރ ސްޕޯޓްސް ވަސިންޓެބީޗް ގައި ހުންނަ ވޯޓު ފޮއްޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް