ކ. މާލެ
|
30 މެއި 2018 | ބުދަ 15:51
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އަޒުމޫން އަހުމަދު
ރައީސް ނަޝީދު
މުޅި މީޑިއާ ފިނޑި ކަމަށް ދެންނެވުނީ ގޯހަކުން: ރައީސް ނަޝީދު
ނަޝީދު ވަނީ މާފަށް އެދިވަޑައިގެންފައި
ނަޝީދަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި
ނަޝީދަކީ ކުރިން ނޫސްވެރިއެއް

ފިނޑިކަން މުޅި މީޑިއާއަށް އަމާޒު ކުރެވުނީ ގޯހުން ކަމަށާއި އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މީޑިއާތަކަށް ބިރު ދައްކާ އަދި މީޑިއާތަކުގެވެސް ފިނޑިކަމުން އެމަނިކުފާނުގެ ވާހަކަފުޅު ނުގެނެވުނު ކަމަށް ވިދާޅުވެ ޓްވީޓު ކުރެއްވުމުން ފާޑުކިޔުންތައް އަމާޒު ވެފައިވަނިކޮށެވެ.

އެމަނިކުފާނުގެ ޓްވީޓާއި ގުޅިގެން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވަނީ ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހަކު ބޭނުންވާ ކޮންމެ ކަމެއް ހާސިލްނުވާތީ ދިވެހި މީޑިއާ ތަކުގެ ބޮލުގައި ފިނޑި ކަމުގެ އިލްޒާމް އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ގައުމީ މަސްލަހަތުގައި ރައްޔިތުންގެ ހައްގުގައި މީޑިއާތަކުން ވަކިން ބޮޑަށް ނޫސްވެރިން ބޮޑެތި ގުރުބާނީ ތަކެއްވާކަމަށެވެ.

ޝިޔާނާ ކިޔާ މީހަކު އެޓްވީޓަށް ރައްދު ދެމުން ބުނެފައިވަނީ މީޑިއާތައް ފިނޑި ކަމުންނޭ ރައީސް ވިދާޅުވި ބަސްފުޅަށް މާފަށް އެދިވަޑައިގަންނަވަން ފެންނަ ކަމަށެވެ. ރާއްޖެ ޓީވީގައި ތިބީ ފިނޑި ބައެއް ނޫން ކަމަށާއި އެ ބަސްފުޅަކީ ނޫސްވެރިންގެ ހިތްވަރަށް އަމާޒުވާ ބަސްފުޅެއް ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި އިރު ހޯމް މިނިސްޓްރީން އިއްޔެ ވަނީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޕްރޮމޯޓު ކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައެވެ.

ޝަރުޢީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި  ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައި ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ސާކިއުލާއެއް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް