ކ. މާލެ
|
30 މެއި 2018 | ބުދަ 10:50
ރައީސް ނަޝީދު: ވެރިކަމުގެ އުސޫލު ބަދަލުކުރަން ޖެހޭ
ރައީސް ނަޝީދު: ވެރިކަމުގެ އުސޫލު ބަދަލުކުރަން ޖެހޭ
ރާއްޖެއެމްވީ
ޖަޒީރާ ރައީސްގެ ކެމްޕެއިން
އިއްތިހާދަކުން ވެރިކަން ކުރެވޭނެ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރަން ޖެހޭ: ރައީސް ނަޝީދު
އެއްވެސް އިންތިޚާބެއްގައި އެއްބަޔަކަށް އަޣްލަބިއްޔަތެއް ލިބިފައެއް ނެތް
އިއްތިހާދަކުން ވެރިކަން ކުރެވޭނޭ ގޮތެއް ވަނީ ހޯދަން ޖެހިފައި
ގުޅިފައިވާ ސަރުކާރެއް އުފައްދާއިރު އެސަރުކާރު ދެމިއޮންނާނޭ ގޮތެއް ޤާނޫނު އަސާސީގައި ލިޔަން ޖެހޭ

ރާއްޖޭގެ ވެރިކަން އެއް ޕާޓީއަކަށް ލިބިފައި ނުވާ ކަމަށާއި އިއްތިހާދަކުން އުފެދުނު ވެރިކަންތައް ރޫޅިފައިވާއިރު އިއްތިހާދަކުން ވެރިކަން ކުރެވޭނޭ ގޮތަކަށް ރާއްޖޭގެ ޤާނޫނު އަސާސީ ބަދަލު ކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ކެމްޕެއިން ނިންމަވާލައްވަމުން އަންގާރަ ދުވަހުގެރޭ ވީޑިއޯ މެދުވެރިކޮށް އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޢަމަލް ކުރަމުން މިދާ މުޒާހަރާގެ ޤާނޫން އަސާސީގެ ދަށުން ދިވެހިން 7 ފަހަރަށް ވޯޓުފޮށިދޮށަށް ހިނގައްޖެ ކަމަށާއި އެއިން އެއްވެސް އިންތިޚާބެއްގައި އެއްބަޔަކަށް އަޣްލަބިއްޔަތެއް ލިބިފައި ނުވާކަމަށެވެ.

ރައީސް ނަޝީދުވިދާޅުވީ ދިވެހިން ބުނަނީ ގުޅިގެން ވެރިކަން ކުރުމަށް ކަމަށާއި އެގޮތަށް ގުޅިގެންއައި އިއްތިހާދުތައް ރޫޅި ވެރިކަންތައް ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން އިއްތިހާދަކުން ވެރިކަން ކުރެވޭނޭ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށާއި ދިވެހިން އެކަން ކުރާނެ ގޮތް ދެނެގަންނަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތް ހެދީ ޤާސިމް އިބްރާހީމަށާއި ރައީސް މައުމޫނަށް ކުރިމަތި ނުލެވޭގޮތް ހެދުމަށް ކަމަށެވެ.

"އެއްކެނޑިޑޭޓް ނެރެ އިންތިޚާބު ކާމިޔާބުކޮށް ގުޅިފައިވާ ސަރުކާރެއް އުފައްދާއިރު އެސަރުކާރު ދެމިއޮންނާނޭ ގޮތެއް ޤާނޫން އަސާސީގައި ލިޔަން ޖެހޭ. އިއްތިހާދުވެގެން ވެރިކަން ކުރެވޭނޭ ގޮތެއް ހަދަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ހުށަހަޅާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ބަދަލުވީމާ ސަރުކާރު ބަދަލުވާން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ އިތުބާރު ނެތުނީމާ ސަރުކާރެއް ދެމިއޮތުމަށް މަސައްކަތް ކުރާނަމަ ރައްޔިތުންނަށް ވެސް އަދި އެސަރުކާރެއްގެ ވެރިންނަށް ވެސް ލިބޭނީ ގެއްލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް