ކ. މާލެ
|
30 މެއި 2018 | ބުދަ 08:24
ދިޔާނާ ސައީދު: ހޯމް މިނިސްޓްރީއާޢި ބްރޯޑްކޮމްއިން އުޅެނީ އޮޅުވާލުމަށް
ދިޔާނާ ސައީދު: ހޯމް މިނިސްޓްރީއާޢި ބްރޯޑްކޮމްއިން އުޅެނީ އޮޅުވާލުމަށް
އަވަސް
ދިޔާނާ ސައީދު
ނަޝީދާއި ޤާސިމްގެ އިންޓަރވިއުތައް ޓީވީން ގެނައުމުގެ ޤާނޫނީ ހުރަހެއް ނެތް:ދިޔާނާ
ނަޝީދާއި ޤާސިމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ސިޔާސީ ޙިމާޔަތް ލިބިވަޑައިގެންފައިވާ ބޭފުޅުން
އެބޭފުޅުން ތިއްބެވީ ދައުލަތުގެ ބަންދެއްގައެއް ނޫން
އެ ދެބޭފުޅުންގެ އިންޓަރވިއުތަކާއި ބަޔާންތައް މީޑިއާތަކުން ގެނެސްދިނުމަކީ ޤާނޫނާއި ޚިލާފު ކަމެއް ނޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމްގެ އިންޓަރވިއުތަކާއި ބަޔާންތައް ރާއްޖޭގެ މީޑިއާތަކުން ގެނެސް ދެވޭނެ ކަމަށާއި އެކަމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ކުރާ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެކަމުގައި ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ސާކްގެ  ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ޤާސިމް އިބުރާހީމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ސިޔާސީ ޙިމާޔަތް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށާއި، އެބޭފުޅުންނަކީ އަމިއްލަފުޅަށް އަރުވާލެވިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުން ތިއްބެވީ ދައުލަތުގެ ބަންދެއްގައި ނޫންކަމަށެވެ.

އެހެންކަމުން އެ ދެބޭފުޅުންގެ އިންޓަރވިއުތަކާއި ބަޔާންތައް މީޑިއާތަކުން ގެނެސްދިނުމަކީ ޤާނޫނާއި ޚިލާފު ކަމެއް ނޫންކަމުގައި ވިދާޅުވެ، ދިޔާނާ ވިދާޅުވީ ހޯމްމިނިސްޓްރީންނާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އެމީހުންގެ ޚިޔާލުތައް ޤާނޫނާއި މަސްހުނިކޮށް އޮޅުވާ ނުލެއްވުމަށެވެ.

ހޯމްމިނިސްޓްރީން ނެރުނު ބަޔާނެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ގެނެސްދިނުމަކީ މަނާކަމެއް ކަމުގައި ބުނެފައި ވާއިރު، އޭގެ ފަހުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެފަދަ ފަރާތްތަކުގެ އިންޓަރވިއުތަކާއި ބަޔާންތައް ގެނެސްދޭ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ރާއްޖެ ޓީވީން ވަނީ އެއީ ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ނިންމުމެއްކަމަށް ބުނެ އެނިންމުން ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 މެއި 2018 | ބުދަ 14:56
ސަނީ
މިގައުމުގައި ގާނޫން އެނގޭނީ އެއްމެ މީހަށް އެއީ ޖާޒިމާ ބަގުރު