ކ. މާލެ
|
29 މެއި 2018 | އަންގާރަ 22:51
ޝިދާތާ ޝަރީފް
ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
މައްސަލަތައް ޖެހުނަ ނުދޭން އަދާލަތު ޕާޓީ އިން މަސައްކަތްކުރާނެ: ޝިދާތާ
ޕާޓީތަކުގެ މެދުގައި ވާދަވެރިކަން އޮތުމަކީ ޠަބީޢީ ކަމެއް
ވާދަވެރިކަމުގެ ސަބަބުން ނުތަނަވަސްކަން އުފެދުމަކީ ވެސް ވެދާނެ ކަމެއް
މައްސަލަތައް ޖެހުނަ ނުދޭން އަދާލަތު ޕާޓީ އިން މަސައްކަތްކުރާނެ

ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ފާލުން ނެއްޓޭ ހިސާބަށް ނުދާ ކަމަށާއި މައްސަލަތައް ޖެހުނަ ނުދޭން އަދާލަތު ޕާޓީ އިން މަސައްކަތްކުރާނެ ކަމަށް ޢަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު އަދި ގުޅިފައިވާ ޕާޓީތަކުގެ މަޝްވަރާތަކުގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. 

ގުޅިފައިވާ ޕާޓީތަކުގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑުތައް ފެތުރި، ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން ދަނިކޮށް ޝިދާތާ ވިދާޅުވީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން އޮތުމަކީ ޠަބީޢީ ކަމެއް ކަމަށެވެ. އަދި އެވާދަވެރިކަމުގެ ސަބަބުން ނުތަނަވަސްކަން އުފެދުމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި، އެހެން ނަމަވެސް، އެވާދަވެރިކަން ފާލުން ނެއްޓޭ ހިސާބަށް އަދި ނުދާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. 

ޝިދާތާ ވިދާޅުވީ ޕާޓީތަކުގެ މެދުގައި މައްސަލަތައް ޖެހުނަ ނުދޭން އަދާލަތު ޕާޓީ އިން މަސައްކަތްކުރާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ބޭނުންވާ ލަނޑުދަނޑި ޙާސިލްވާނެ ކަމަށެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންނެވުމާ ގުޅިގެން، ރައްޔިތުންނަށް މާޔޫސްކަން ގެނުވި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ބަހުގެ ހަމަލާތައް ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުންނަށާއި އަމީނަށް ކުރިމަތިވިއެވެ.

އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރޭނެ ކަމަށް ވިދާޅުވެ، އޭގެ ފަހުން ޤާސިމް އިބްރާހީމް ވަނީ ޓްވީޓްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް